ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 23:38
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
އުފައްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
އެސްޕީޖީގެ އިސް ފަރާތްތަކުން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެއަށް ދިޔަ ސަބަބު ސާފެއް ނުވޭ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ކޮމާންޑަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަޝީދާއި ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު އުއްތަމަ ފަނޑިޔާރު  ދިރިއުޅުއްވާ ގެއަށް ވަޑާއިިގެންފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެގެއަށް ވަޑައިގަތީ ކޮން ސަބަބަކާ ހުރެ ކަަމެއް ހާމައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި (އެސްޕީޖީ)ގެ ކޮމާންޑަރުގެ މަގާމަށް އަހުމަދު ނަޝީދު އައްޔަނުކޮށްފައިވާ މީގެ ތިން ދުވަސް ކުރިންނެވެ.

އެސްޕީޖީގެ ކޮމާންޑަރުގެ މަގާމުގައި ކުރިން ހުންނެވީ އިދުރީސް ބަދީއުއެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ސިފައިންގެ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ފެބްރުއަރީ 2018 | ހޮނިހިރު 21:11
habaru dhabaru
raajje mv in emme furathama mndf ge rank thakaakai appointment thah dhas kuran jehey
3 ފެބްރުއަރީ 2018 | ހޮނިހިރު 20:37
ހައްވި
ވެއްޓެނީ ވެއްޓެނީ ވެއްޓެނީ.. ވެއްޓޭއިރު އުޅޭނެ އެހެންވެސް .ރާއްޖެޓީވީ ވަރެއް ހަމަނެތް.............