ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 19:21
އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން
އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ ބަޔާން
ކޮންގްރެސްގެ މެމްބަރުން މާލެ ވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
ހުކުމް އިއްވިތާ 48 ގަޑިއިރު ވީއިރު ވެސް ސަރުކާރުން އެއަމުރު ތަންފީޒު ކޮށްފައި ނުވާކަމަށް ވަނީ ފާހަގަ ކޮށްފައި
އެއަމުރު ތަންފީޒު ކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަމަށް އެމްޑީޕީން ބުނޭ

 

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުވުމަށް ކޮންގްރެސް މެމްބަރުން މާލެ ވަޑައިގެންނެވުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެގެންދަނީ ބަހަނާތައް ދައްކަމުންކަމަށެވެ. ހުކުމް އިއްވިތާ 48 ގަޑިއިރު ވީއިރުވެސް ސަރުކާރުން އެއަމުރު ތަންފީޒު ކޮށްފައި ނުވާތީ އެޕާޓީއިން ގަބޫލުކުރަނީ އެއަމުރު ތަންފީޒު ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށެވެ.

" 1 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2018/SC-SJ/01 ޢަމުރު ތަންފީޛު ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެގެންދަނީ އެކިއެކި ބަހަނާ ދައްކަމުންނެވެ. ސުޕްރީމް ކޯޓުގެ އެއަމުރު ނެރުނު ފަހުން 48 ގަޑިއިރު ހަމަވާން ގާތްވެފައިވާ އިރު ވެސް ސަރުކާރުން އެއަމުރު ތަންފީޛު ކޮށްފައިނުވާތީ، މިޕާޓީން ޤަބޫލުކުރަނީ އެއަމުރު ތަންފީޛު ކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަމަށެވެ." އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން ސަރުކާރުން ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުވުމަށް ގޮވާލައި އެކަން ކުރުވުމަށް އެ ޕާޓީގެ ކޮންގްރެސްގައި ހިމެނޭ ހުރިހާ ބޭފުޅުން މިހާރުން މިހާރަށް މާލެއަށް ވަޑައިގަތުމަށް އެދޭކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް