ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 19:11
އެމްޑީޕީގެ ހިނގާލުމެއްގެ ތެރެއިން
އެމްޑީޕީގެ ހިނގާލުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ
ހަމަނުޖެހުން ހިންގުވަން އެމްޑީޕީ ދިދަ ދީފައި ބަޔަކު ނެރެން އެބައުޅޭ!
އެމީހުން ނެރެނީ އެމްޑީޕީގެ ދިދައާއި ބެނާ ދީފައި
ތުހުމަތު ކުރެވެނީ އެކަން ކުރަނީ ރައީސް ޔާމީން ފެކްޝަނުން

އެމްޑީޕީގެ ބޮލުގައި އެޅުވުމަށް އެމްޑީޕީގެ ދިދަ އާއި ބެނާ ދީފައި މަގު މައްޗަށް ނެރެ ހަމަނުޖެހުން ހިންގުވުމަށް އެބައުޅޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ ދިދައާއި ބެނާ ހިފައިގެން ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ބަޔަކު ރާވަމުންދާކަމުގެ ޚަބަރު ލިބެމުންދާތީ ކަންބޮޑުވާ ކަމަށާއި މިފަދަ ނާތަހުޒީބް އަމަލު ނުހިންގުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާ ހުކުރު ދުވަހުގެ ރޭ އިހުތިޖާޖް ކުރި ފަރާތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރި ދެ ޒުވާނަކު ފުލުހުން ހިފެހެއްޓި މަންޒަރު ރާއްޖެ އެމްވީއަށް ވަނީ ފެނިފައެވެ.

އެމްޑީޕީން މިފަދަ ކަންބޮޑުވުމެއް ފާހަގަ ކުރައްވާފައިވާއިރު ފެނަކަ ކޯޕަރޭޝަން އާއި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އިމާރާތެއްގައި ރޯކޮށްލަން އުޅޭ ކަމަށް ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ ފެނަކައާއި އެމްއާރްޑީސީގެ އިމާރަތެއްގައި ރޯކޮށްލަން އުޅޭ ކަމުގެ އިންޒާރު މެސެޖުތަކެއް ރޭގެ ވަގުތެއްގައި ލިބުނު ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ސިފަ ކުރެއްވީ އެކަމަކީ ރައީސް ނަޝީދު ސަރުކާރު ބަދަލު ކުރުމާ ގުޅިގެން ހިނގި ފަދަކަންކަން ފެށެން އުޅެނީ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވިއިރު ސިޔާސީ ގޮތުން ހަލަބޮލިވާ ދަނޑިވަޅުތަކުގައި ބައެއް މިނިސްޓަރުންގެ ކާރުތަކުގައި ރޯވުމާއި ބައެއް ތަންތަނުގައި އަލިފާން ރޯވާކަން ފާހަގަ ކޮށްލެވެއެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް އެއްވުން ކަމުގައިވާ މަޝްހޫރު މޭޑޭ އެއްވުމާ ދިމާކޮށް ރައީސް ޔާމީންގެ ސަރުކާރުން އެފަދަ ކަންތައްތަކެއް ހިންގަން ރޭވި ކަމަށާއި މާލޭގެ ސަރަހައްދެއްގައި ބޮމެއް ގޮއްވާލަން ރޭވިކަމަށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އަދި މޭޑޭ މުޒާހަރާގައި ހިންގި ކަމެއްގެ ގޮތުގައި ދެއްކުމަށް ޖުމްހޫރީ މައިދާނާ ހަމައަށް ޕިކަޕެއްވެސް ވަނީ ވަދެފައެވެ. އަދީބު ވިދާޅުވެފައިވަނީ އެއީވެސް އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅުވުމަށް ސަރުކާރުން ރާވައިގެން ވެއްދި ޕިކަޕެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 ފެބްރުއަރީ 2018 | ހޮނިހިރު 19:15
Solah
Thiyaee hanujehun hingan nuves dhanna baigan'deh. 2012 February 08 vana dhuvahu mulhi gaumugai hulhujehee kon baeh baa?