ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 18:23
ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ސުޕްރީމް ކޯޓްގެ އަމުރު
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރައްވައި ރައީސް ޔާމީން ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފި
ރަސްމީކޮށް ކެމްޕެއިން ފެއްޓެވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން
އިދިކޮޅު ފަރާތްތަކުގެ ފޮޓޯތައް ރަސްގެ ޖަހައިގެން ބޭނުންކުރަން ގޮވާލެއްވި
ރައީސް ޔާމީންގެ ފޮޓޯފުޅާއި ގައުމީ ދިދަ ބޭނުންކޮށްގެން ކެމްޕެއިން ކުރުމަށް ގޮވާލެއްވި

ސުޕްރީމް ކޯޓުގެ ޙުކުމަކީ ކުރިން ހީވެފައި ވެސް ނުވާ ކަމެއް ކަމަށާއި، މިހާރު މިދިމާވި ކަންތައްތަކާ ގުޅިގެން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ނިންމެވީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފުރަތަަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނިކުމެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީން ވަނީ މައްސަލަ ހައްލު ކުރުމަށް ފުރުޞަތު ދެއްވުމަށް ގޮވާލައްވާފައެވެ.

"މިހާރު މިދިމާވި ކަންތައްތަކާ އެކު ބިސްމި ކިޔާފައި އަޅުގަނޑުގެ ކެމްޕެއިން މިފެށީ" - ރައީސް ޔާމީން

 

ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ބަންދުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވާ އިރު، ރައީސް ޔާމީން ވަނީ އިދިކޮޅު ލީޑަރުން ބަންދުގައި ތިއްބެވީ ކޯޓުން ކުރެއްވި ޙުކުމްތަކާއި ގުޅިގެން ކަމަށާއި، ކޯޓުގެ ނިންމުންތަކަށް އެމަނިކުފާނު އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް 48 ގަޑިއިރު ވުމާއި ގާތްވެފައިވާއިރު، އަމުރުގައިވާ ކަންކަން ތަންފީޒް ކުރުމުގެ އިޖުރާއާތުތައް ބަލަމުންދާ ކަމަށް ބުނެ ސަރުކާރުން ދަނީ އަމުރު ތަންފީޒު ކުރުން ފަސް ކުރަމުންނެވެ. އަދި އަމުރު ތަންފީޒުކުރައްވާނެ ކަމެއް ވެސް ރައީސް މިއަދު ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ކުރިން ހީވެފައި ވެސް ނުވާ ކަމެއް ކަމަށާއި، މިކަން މިވީ ކީއްވެގެންކަން ބައްލަވާނެ ކަމަަށެވެ. އަދި މިހާރު އޮތް ހާލަތަށް ކެތް ކުރައްވާނެ ކަމަށް ވިދާޅުވެ، ސިފައިންނާއި ފުލުހުން ހަމަޖެހުމާއި ކެތްތެރިކަމާއެކުގައި ތިއްބެވުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް މީގެ ކުރިން ފައްޓަވާފައިވާ ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް މިއެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މެޑަމް ފާތުންގެ އަރިހުގައި ހުންނަވައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވިކަން އިއުލާން ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ފެބްރުއަރީ 2018 | ހޮނިހިރު 18:40
ސާ
މިކަހަލަމިނިވަންކަމެއްދީބަލަތާއީދުފެއްނާނެތާއީފެނުނީމަލަދުގަންނާނެ
3 ފެބްރުއަރީ 2018 | ހޮނިހިރު 18:30
ރައްޔިެށް
ހަމަ ސާބަހޭ!
3 ފެބްރުއަރީ 2018 | ހޮނިހިރު 18:27
އަހަ
Thee adhi kuda kameh kuroyah othee inshallah yaameen .. adhi thikudhinnah ves adhi ingeyne supreme court ge order. Madukollaa..