ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 15:30
 އިބުރާހީމް ފަލާހު
އިބުރާހީމް ފަލާހު
ރާއްޖެ އެމްވީ
ޕީޕީއެމް މެމްބަރު ފަލާހު
އެއްވެސް އިންޓަވިއުއެއް ދެވޭކަށް ނެތް: ޕީޕީއެމް މެމްބަރު ފަލާހު
ސިޔާސީ ކަންކަމާ ދުރުވެއްޖެ ކަމަށް އޭނާ ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުގައި ވޭ

މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން އެއްވެސް އިންޓަވިއުއެއް ދެވެން ނެތް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަރަކާތްތަކުން ނުފެންނަތާ އެތައް މަހެއް ވެފައިވާ ފަލާހުގެ ކޮމެންޓެއް ހޯދުމަށް ރާއްޖެ އެމްވީ އިން ގުޅާލުމުން އޭނާ ވިދާޅުވީ ރާއްޖެ ޓީވީއަށް އެއްވެސް އިންޓަވިއުއެއް ދެވެން ނެތް ކަމަށެވެ.

ބައެއް ނޫސްތަކުގައި ފަލާހު ސިޔާސީ ކަންކަމާ ދުރުވެއްޖެ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. ފަލާހު ވިދާޅުވީ އެފަރާތްތަކުން ގުޅާލުމުން ވެސް އިންޓަވިއު ދެވެން ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ފަލާހު ވަނީ ފޯނު ކަނޑާލައްވާފައެވެ.

ފަލާހާ ހަވާލާދީ އޮންލައިން ނޫސް "އަވަސް" ގައި ބުނެފައި ވަނީ މި ވަގުތު އުޅުއްވަނީ ސިޔާސީ ދާއިރާއާ ތަންކޮޅެއް ދުރުގައި ކަމަށެވެ. 

މީގެ ކުރިން ރައީސް ޔާމީނާއި މި ސަރުކާރު ދިފާއުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އަދި މީޑިއާތަކާއި ޖަލްސާތަކުގައި ވެސް އެންމެ ހަރަކާތްތެރި އެއް މެންބަރުގެ ގޮތުގައި ފާހަގަކުރެވުނު ފަލާހް މަންޒަރުން ގެއްލުނުތާ ދުވަސްތަކެއް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހް ދުވަސްތަކެއް ވަންދެން ހުންނެވީ ރާއްޖެ އިން ބޭރުގައެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެން ރަށަށް ވަޑައިގެންނެވި ކަމަށް ވެއެވެ. ނަމަވެސް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޕީޕީއެމްގެ ނިއުސް ކޮންފަރެންސްތަކުންނާއި އިސް ސަފުން ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުމާއި ސުވާލުތައް ވަނީ އިތުރުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް