ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 14:32
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ
ޕޮލިސް
މަގާމުން ވަކި ކުރުން
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ މަގާމުން ވަކި ކުރައްވައިފި
ފުލުހުންގެ ހިންގުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒް އާ
ބުރާސްފަތި ދުވަހު ކޮމިޝަނަރ އަހުމަދު އަރީފް ވެސް ވަނީ މަގާމުން ވަކިކޮށްފަ
މަގާމުން ވަކި ކުރީ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ބުނެ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ މަގާމުން ވަކި ކުރައްވައިފި އެވެ.

ސައުދީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ވަކި ކުރައްވާފައިވާ އިރު ސައުދީ ހުންނެވީ ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ  ސައުދީ މި މަގާމުން ވަކި ކުރެއްވީ ފުލުހުންގެ ގާނޫނުގެ 54 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިންނެވެ.

މީގެ ކުރިން ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި މަގާމުން ވަކި ކުރައްވާފަ އެވެ.

މަގާމުން ވަކި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ކަމަށް ބުނެއެވެ.

އެހެން ނަމަވެސް އަރީފް ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންޒީފު ކުރައްވާނެ ކަން ހާމަކުރުމުން ކަމަށެވެ.

ފުލުހުން އިދާރާ ހިންގުން ހަވާލުކޮށްފައިވަނީ މިހާރު ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު އާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް