ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 13:47
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޓްވިޓަރ
ސުޕްރީމް ކޯޓު އަމުުރު
ޕީޖީ އޮފީހުން ނެރުނު ބަޔާނުން އެ އޮފީހުގެ ޒިންމާދާރުކަމެއް ނެތްކަން ހާމަވޭ: މައުމޫން
ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކަކީ އަމަލު ކުރަންޖެހޭނެ އަމުރުތަކެއް
އަމުރަށް އަމަލުކުރުން ލަސްވާނެ އެއްވެސް ކަމެއް ނުކުރެވޭނެ

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން  ޕީޖީ އޮފީހުން ނެރުނު ބަޔާނުން އެ އޮފީހުގެ ޒިންމާދާރުކަން ކުޑަ ކަން ހާމަވެގެންދާ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ހުރަސް އެޅޭނެ އެއްވެސް ޖާގައެއްދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ހާމަކޮށްފައިވާ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނަކީ އެއްވެސް ވަރަކަށް ޒިންމާދާރު އަމަލެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކަކީ އަމަލު ކުރަންޖެހޭނެ އެއްޗެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ އެ އަމުރުގައި ހުރި ކަންކަން ތަންފީޒުކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާ ކަމަށާއި އެއަމުރުގެ ފަސް ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތައް ކަމަށެވެ. އަދި އަނެއްބައި މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކަށްވާތީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކަމާ ގުޅުން ހުރި އިދާރާތަކާ އެކު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް، މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް