ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 22:42
ހޮން ކޮންއާއެކު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކަށްފަހު
ހޮން ކޮންއާއެކު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކަށްފަހު
ޓްވިޓަރ
އެފްޓީއޭ
ހޮންގ ކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފި
ހޮންކޮންއާއެކު މަޝްވަރާތައް ކުރިއަށްދާތާ 3 އަހަރު: ސައީދު
ސޮއި ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާނެ
އޭނާ ވިދާޅުވީ މާލީ ދާއިރާއަށާއި ޓޫރިޒަމަށް ފައިދާ ކުރާނެ ކަމަށް

ރާއްޖެ އާއި ހޮންގ ކޮންގއާއެކު ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައް ނިންމައިފި އެވެ.

ހޮންގ ކޮންގގައި ހުންވައި "ރާއްޖެއެމްވީ"އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހޮންގ ކޮންގއާއެކު އެފްޓީއޭގެ މަޝްވަރާތައް ފެށީ 2016 ވަނަ އަހަރު ކަމަށާއި މަޝްވަރާތައް ހުކުރު ދުވަހު ނިންމާލީ ކާމިޔާބުކަމާއެކު ކަމަށެވެ.

ހޮންގ ކޮންގއާއެކު އެފްޓީއޭގައި ސޮއިކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ އެވެ. އަދި ކެބިނެޓުން އެ އެއްބަސްވުމުގައި ސޮއި ކުރުމާމެދު ގޮތެއް ނިންމަންޖެހޭނެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ހޮންގ ކޮންގއާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ހޮން ކޮންއަކީ ޗައިނާގެ ބަޔަކަށް ވިޔަސް، ވިޔަފާރީގެ މުއާމަލާތްތަކުގައި ހޮންކޮންއާ މުއާމަލާތް ކުރަންޖެހޭނީ ވަކިން ކަމަށެވެ. އެހެންކަމުން ދެ އެއްބަސްވުމެއްގެ ދަށުން ޗައިނާ އާއި ހޮންގ ކޮންގއާއެކު ސޮއިކުރަން ނިންމީ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޮންގ ކޮންގއާއެކު ސޮއިކުރާ އެފްޓީއޭގެ ދަށުން އެންމެ ބޮޑަށް ފައިދާ ކުރަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށާއި މާލީ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

"ފައިނޭންޝަލް ދާއިރާތަކުގެ ތެރޭގައި ހިމެނޭނީ ބޭންކިން އާއި އިންޝުއަރެންސް ފަދަ ކަންކަން. ވައިގެ ދަތުރުފަތުރަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުދުހުންތައް އިތުރުވެގެންދާނެ،" ސައީދު ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ވަނީ ޗައިނާއާއެކު އެފްޓީއޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއި ކުރީ ކެބިނެޓުން އެ އެއްބަސްވުމުގައި ސޮއި ކުރަން ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި، 10 މިނެޓް ތެރޭގައި ދިރާސާކޮށް ނިންމާލުމަށްފަހުއެވެ. ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ވޯޓާއެކު އަވަސް އަރުވާލައިގެން އެފްޓީއޭ އެއްބަސްވުމަށް މަޖިލީހުގެ ތަޅުމުން ރުހުން ދިނީ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް