ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 19:22
މާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެން ކުރިއަށް ގެންދަނީ
މާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެން ކުރިއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ވަޅިން ހަމަލާދިނުން
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގަޔަށް ވަޅިން ހަމަލާދިން މައްސަލައިގައި ކުއްޖަކު ހައްޔަރުކޮށްފި
ހައްުަރުކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެއް
ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައި
ދައުލަތުގެ ބެލުމުގެ ދަށުގައިތޯ ސުވާލުކުރުމުން، ޖަވާބެއް ނުލިބޭ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގަޔަކަށް ވަޅިން ހަމަލާ ދިން މައްސަގައި ކުޑަ ކުއްޖެއް ހައްޔަރުކޮށްފިއެވެ.

ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އުމުރުން 23 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީފައި ވަނީ ނެޝަނަލް ޑްރަގް އެޖެންސީގެ ވެހިކަލެއްގެ ތެރޭގައި އިންދައެވެ. އޭނާއަކީ އެންޑީއޭ އިން ފަރުވާ ދެމުން އަންނަ ފިރިހެނަކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހަށް ކޯޓަށް ގެންދިއުމުން ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެއެވެ. ގިނަ ދުވަސްތަކަކަށް ފަހު މި މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރި އިރު އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެންޑީއޭ އިން ފަރުވާދެމުން އަންނަ ޒުވާނާގެ ގަޔަށް ވަޅި ހެރިއިރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައިތޯ މީގެ ކުރިން "ރާއްޖެއެމްވީއިން" ފުލުހުންނާއި ސުވާލުކުރުމުން، އެކަމުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް