ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 15:12
ރައީސް ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ. --ފައިލް
ރައީސް ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ. --ފައިލް
ޕީއެމްއިންޑިއާ
އިންޑިޔާގެ ޖުމްހޫރީ ދުވަސް
އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
މިއަދަކީ އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަސް
ދެ ޤައުމު ގުޅިގެން އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

މިއަދު ފާހަގަ ކުރަމުންދާ އިންޑިޔާގެ 69 ވަނަ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދަށް ފޮނުއްވި މެސެޖުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ‏‏ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެ އިން ދެޤައުމުގެ ލާބަޔާ މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. އަދި ދެ ޤައުމުގެ ޑިމޮކްރަސީއަށާއި ޤައުމުގެ އެތެރޭގެ މަސައްކަތްތަކަށް އިހްތިރާމްކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމު ގުޅިގެން އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަން ފާހަގަ ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް