ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 01:54
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ވީނިއުސް
ޑިފެންސް މިނިސްޓަރު
ރައީސް ޔާމީންގެ ސަރުކާރުން ވައްޓާލުމަށް ފުރުސަތެއް ނުދޭނަން: ޑިފެންސް މިނިސްޓަރު
ރާއްޖޭގައި މިއޮތް ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދެވޭނެ
ވެރިކަން ބަދަލުވާ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ: ޑިފެންސް މިނިސްޓަރ
މިހާތަނަށް ރާއްޖޭގައި ބަޣާވާތް ކުރި މީހުންނަށް ގާނޫނު އަރާ ހަމަކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށާއި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ގުޅިފައިފައިވާ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވީ ހާއްސަ ޖަލްސާގައި ރިޔާސީ އިންތިހާބުގެ ކުރިންވެސް ވެރިކަން ބަދަލު ކުރުމަށް ތާއީދު ކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބަދަލުވާގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވާނެ، ދިވެހި ރާއްޖޭގައި ވެރިކަން ބަދަލުކުރާނެ ގޮތްތައް. އަދި މި ގާނޫނުއަސާސީގައި އެކަން ވަރަށް ސާފުކޮށް ކޮންމެ މީހަކަށްވެސް އިނގޭ މިންވަރަށް ބަޔާންކޮށްފައިވާ ކަމެއް މިކަމަކީ. މިހެން މިކަން އޮންނައިރުގައި އަޅުގަނޑުމެންނަކަށެއް ރާއްޖޭގައި ވެރިކަން ބަދަލުކުރަން، ހަމަ ކޮންމެހެން ބަޔަކު ބޭނުންވާހާ ފަހަރަކު އެކަންކުރާކަށެއް ފުރުސަތެއް ނޯންނާނެ. ވެރިކަން ބަދަލުކުރަން ޖެހޭނީ ރައްޔިތުން ބައިވެރިވާ އިންތިހާބަކުން. ގާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލު ކުރާކަށެއް ސަރުކާރަކުން ފުރުސަތެއް ނުދޭނެ. އަދި ހަމައެއާއެކީގައި ދައުލަތުގެ ހަމަ ޖެހުން ނަގާލައި، ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުކޮށް، ބޭނުންވާ ގޮތަކަށް ރާއްޖޭގެ މުސްތަގްބަލް ބަނަކުރާކަށް އަޅުގަނޑުމެނެއް ފުރުސަތެއް ނުދޭނަން،" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށެވެ. އަދި ރާއްޖޭގައި ބަޣާވާތް ކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށާއި މީގެ ކުރިންވެސް ރާއްޖޭގައި ބަޣާވާތްކުރި ފަރާތްތަކަށް ގާނޫނު އަރާ ހަމަކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ގާނޫނުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް، ހަމަނުޖެހުން އުފައްދަން ނުވަތަ ރާއްޖޭގައި މިއޮންނަ ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެންނެއް ފުރުސަތު ދޭކަށް ނެތީމު. އަދި ބަޣާވާތް ކުރާކަށްވެސް އަޅުގަނޑުމެންނެއް ފުރުސަތެއް ނުދޭނަން. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފާހަގަ ކުރެއްވޭނެ، މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ބަޣާވާތް ކުރަން އުޅުނު ކޮންމެ ބަޔަކަށް ގާނޫނު ވަނީ އަރާ ހަމަކޮށްފަ. އެހެންވީމާ، ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން އެގޮތަށް ކުރިއަށްދާނެ. ދިވެހިން އަބަދުވެސް ލޯބި ކުރަނީ ސުލްހަވެރިކަމާއި ހަމަޖެހުމަށް އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައި މިވަނީ މިއޮތް ހަމަޖެހުމުގެ ތެރޭގައި ދައުލަތުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން. ސަރުކާރު ބަދަލު ކުރާކަށެއް ގާނޫނުއިމުގެ ބޭރުން، އެކަންކުރާކަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނަން،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ބަޣާވާތް ކުރާ ފަރާތްތަކަށް ގާނޫނު އަރާ ހަމަކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ ދިވެހި ފުލުހުންނާއި ސިފައިން ހިންގި އަމަލުތަކެއްގެ ސަބަބުންނެވެ. 

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް
26 ޖެނުއަރީ 2018 | ހުކުރު 11:27
ޖަސްޓިސް
ގޮޑިކޮއްކޮ އެ ވިދާޅުވި ވިދާޅުވުމައް އަހަރުމެން މިތިބީ ހަމަ ބިރުން. މަގާމެއް ލިބުނީމަ ކިޔާ ނުކިޔާ އެއްޗެއް މީނަޔަކައް ވެސް ނޭގޭ. އެއްވެސް ކަމެއް އެގޭމީހެއް ނޫން... މީނަ ރަގަޅީ ސްކޫލްގެ ކިޔަވާދޭން ބަހައްޓަން.
26 ޖެނުއަރީ 2018 | ހުކުރު 09:47
ޝާން
ދުނިޔޭގެ އެއްވެސް ތަނެއްގައި ސަރުކާރުން ފުރުސަތު ދީގެން ވެރިކަމެއް ވައްޓާފައިވޭތޯ އާދަމް ޝަރީފު އާއި ސުވާލުކޮށްލަން. ސަރުކާރެއް ވައްޓާނީ ފުރުސަތު ދީގެނެއްނޫން. ސަރުކާރުތައް ވައްޓާފައިވަނީ މަޖުބޫރުކޮށްގެން ނޫނީ ގަދަބާރުން. މިވަރުވެސް ނޭގޭ ގަމާރުން ވެސް ދުނިޔޭގައި އުޅޭކަން ދެރަކަމަކީ
26 ޖެނުއަރީ 2018 | ހުކުރު 07:38
ވީލްޗެއަރ
އާދަމް ޝަރީފް ބުނަންތަ ރަނގަޅު ވާހަކައެއް. މީޤާނޫނީ އިމުގެ ތެރެއިން ހިގާ ސަރުކާރެއް ނޫން. ގިނަގުނަވެގެންވާ އެތައް ކަމެއް ހިންގަމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތައް އޮޅާލާ ފަތް ޖަހާފަ. ހީނުކުރާތި ތިމަންނަމެން ޤާނޫނުތަކަށް ހިތުހުރި ގޮތެއް ހަދާ އިސްލާމްދީންގެ މިންގަޑުތަކާއި އުރެދުންތަކަށް އަރާ ނޮޅާ ވީދަމުންދާއިރު ދިވެހި ލަޝްކަރު އަތް ހިތްލާ ނުލާ މަޑުން ވެރިކަމުގަ ފިރުމާލަ ފިރުމާލަ ތިބޭނެ ކަމަށް. ދިވެހި ގައުމާ އިސްލާމް ދީންގެ ދިފާއުގާ މާވަރުގަދަ ލަޝްކަރެއް ފަހަތުގަ މަޑުކޮށްލާގެން އެބަތިބި. އެމީހުން މަޑުމަޑުން ތިބެނީ ސިޔާސީ ޑްރާމާގެ އެންމެ ކުރީގަ ޖަޑިބު ހެދިފަ ވެސް ހުރީ ހަމަ އެފެންވަރުގެ ނުވަތަ އެއަށް ވުރެ ވެސް ޔަހޫދީއަކަށް ވާތީ. އެހެން ނުވިނަމަ މިއަދު ތައުރީފްކޮށް ސަނާ ތިޔަކިޔާ ފަރާތެއް ނުހުރީސްކަން ޔަގީން ތިޔަތަނަކު. ދިވެެހި ގައުމީ ލަޝްކަރު ތައްޔާރު ވަމުން އަންނަނީ މިގައުމު ފަސާދަކޮށް ލޫޓުވާލާ ހިތުހުރި ގޮތަކަށް ކަންކަން ނިންމަމުންދާ ވެރިން ޢިސްލާމީ ގާނޫނުތަކުގެ ދަށަށް ލަންބުވާ ގާނޫނު އަސާސީ ވީދާލާފަ ނުދެވޭވަރަށް ކޮންމެ ހޮރެއްް ގާޑުކޮށް އެތަންތަނުގާ ދަނގަޑު ދާޖަހާ ބޮޑުވެގެންވާ ފާރެއް ރާނާ އެފާރުގެ ތެރެއިން ހައްގު އަދަބުދެވޭނެ އިންތިޒާމްތަކެއްގެ ތެރޭގަ. ދިވެހި ގައުމު ލޫޓުވާލި ފަރާތްތައް އެކަމުގެ އަގު އުމުރު ދުވަހަށް ވެސް ދައްކަން ޖެހޭނެ
26 ޖެނުއަރީ 2018 | ހުކުރު 06:10
ރާފަޅާ
ޤާނޫނު ހިގަނީ ވަކިބަޔަކުގެ މައްޗަށްތަ؟ ތިޔަހުރިހާސިފައިންނާއި ފުލުހުންނާއި ހަތިޔާރާއި ބާރު ސަރުކާރުގައި އޮތްވައި ނަޝީދުގެސަރުކާރުވެސްވައްޓާލީ. ސިަފަިންނާއި ފުލހުން އަނިޔާވެރިކަމާއި ދެކޮޅަށްނިކުތީމަ ކުރެވޭނެ އެއްކަމެއްވެސްނޯންނާނެ އާދަނެއްކަމަކު.ބަލަންތިބޭތި.ކަލޯވެސް ވަންނާނެ ޖަލުގެ ތޭރިތަކުގެ ބިއްދޮަށަށް
26 ޖެނުއަރީ 2018 | ހުކުރު 04:40
ދޮތް ޖަނގިޔާ
އާނ! އާނ! ކަލޭ ވެސް ވެއްޓެންޏާ! އެއީ ކޮންމެހެން ޔާމިނެއް ވެގެއްނޫން.