ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 22:02
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަލީ ޒަހިރު ވާހަކަދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަލީ ޒަހިރު ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ޝެއިހު އިމްރާން ކޮރަޕްޓް ސަރުކާރާއި އެކު ހަދާނެ ޑީލެއް ނޯންނާނެ، ޑީލެއް ހެދިނަމަ ހުންނަވާނީ ގޭގައި: އަލީ ޒާހިރު
އިމްރާނުގެ ހިތްވަރުގަދަކަން ފާހަގަކުރަންޖެހޭ
އިމްރާން ހުންނެވީ ސާބިތުކަމާ އެކުގައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަންކަމުގެ ނަތީޖާ ފެންނަމުންދޭ

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ މި ސަރުކާރާއި އެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށާއި ޑީލެއް ހެދިނަމަ މިހާރު ހުންނަވާނީ އާއިލާއާއެކު ގޭގާއި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

 

ޝެއިހު އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސްވުމާއި ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ހިތްވަރަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށެވެ. އަދި ޝެއިހު އިމްރާނުގެ ސިޔާސީ ދުރުވިސްނުންފުޅު ފާހަގަކުރައްވާ ޒާހިރު ވިދާޅުވީ ޖަލުގައި 1000 ދުވަސް ހޭދަކުރައްވާފައިވާ އިރު ވެސް އިމްރާނު ހުންނެވީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ސާބިތުކަމާ އެކުގައި ކަމަށެވެ.

 

"މިއީ އަޅުގަނޑުމެން ފަރުހުވެރިވާންޖެހޭ ކަމެއް. އިމްރާން ޖަލުގައި 1000 ދުވަސް ހޭދަކުރާކަން ފާހަގަކުރަންޖެހޭ. މިކަން ފާހަގަކުރަންޖެހެނީ އިމްރާންގެ ހިތްވަރުން އިތުރު ހިތްވަރު ލިބިގަތުން."

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރުގެ އަނިޔާވެރިކަމަށް ދުލެއް ނުދޭނެ ކަން ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަންކަމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރަން ބޭނުން ކިތަންމެ ކަމެއް ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތުން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް