ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 19:33
އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން މީޑިއާ އަށް މައުލޫމާތު ދެއްވަނީ
އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން މީޑިއާ އަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ފަޒީން
ޓެސްޓް ޕޭޕަރު
އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
ބައެއް ސްކޫލް ތަކަށް ޕޭޕަރު ހެދި ޓީޗަރުން ކިޔަވައިދީފައިވޭ
އެ ޓީޗަރުން ދިން މޮކް އެގްޒާމްގައި އެސްއެސްސީ އިމްތިހާނުގެ ސުވާލު ހިމެނޭ
ފިޔަވަޅު އެޅުމަށް އެޑިއުކޭޝަނަށް ވަނީ އަންގާފައި

މިދިޔަ އަހަރު ބޭއްވި ދިވެހި އިސްލާމް (އެސްއެސްސީ) އިމްތިހާނުގެ ޕޭޕަރުގެ ބައެއް ސުވާލުތައް އިމްތިހާނުގެ ކުރިން ލީކުވެފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ މިދިޔަ އަހަރު ބޭއްވި އެސް.އެސް.ސީ އަދި އެޗް.އެސް.ސީ ދިވެހި, އިސްލާމް އިމްތިހާން ކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކޮށްފައިވަނީ ސައްޙަ ނޫން ގޮތުގައި ކަމަށާއި ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ކަމަށް ޤަބޫލް ކުރެވޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ކުރި ތަހުގީގުގައެވެ.

އާއްމު މީހަކު ހުށަހެޅި އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އިމްތިހާނު ކަރުދާސް ތައްޔާރުކޮށްފައިވާ ޓީޗަރުން ކިޔަވައިދޭ ސްކޫލްތަކުގައި ދީފައިވާ ފައިނަލް ނޯޓިސްތަކުގައި ހުރިހާ ސުވާލެއް އިމްތިހާނުގައި އައިސްފައިވާ ކަމަށާއި ހަމަ އެ ޓީޗަރުން އިމްތިހާނަށް ތައްޔާރުކޮށްދޭ ވޯކްޝޮޕްތައް ހިންގާފައިވާއިރު އެމާއްދާއިން ޓެސްޓް ހަދާ ދަރިވަރުންނަށް އެޓީޗަރުން ޓެސްޓް ކަރުދާސް ދީފައިވާ ކަމަށެވެ. އަދި އެޓީޗަރުން ޢަމަލް ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އެމައްސަލައިގާ ބުނެފައިވެއެވެ.

މިމައްސަލަ ބެލުމަށް އެސީސީން ހިންގި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ބުނެފައިވަނީ ޖަމާލުއްދީން ސްކޫލުގެ މޮކް އެގްޒަމިނޭޝަންގެ އިސްލާމް ޕޭޕަރުގެ ތިންވަނަ ބައިގެ 4 ވަނަ ސުވާލު އެސް.އެސް.ސީ އިމްތިހާނުގައި ހިމެނިފައިވާ ކަމަށާއި، އެގްޒަމިނޭޝަން ޕޭޕަރުތައް ޕްރިންޓް ކުރަމުން ދަނިކޮށް އަމީނިއްޔާ ސްކޫލުގެ މޮކް އެއިމްތިހާނުގައި ހިމެނޭ ސުވާލެއް ޕޭޕަރުގައި ހިމެނިފައިވާތީ އެސުވާލު އުނިކޮށްފައިވާނޭ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން މައުލާމާތު ދީފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެސްއެސްސީ އިމްތިހާނުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ބައެއް ޓީޗަރުންނާމެދު އިދާރީ ފިޔަވަޅު އަޅައި އަދި އިމްތިހާނުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދުމުންވެސް އޭނާ ކިޔަވައިދޭ ސްކޫލުގައި ރަސްމީކޮށް ކިޔަވައިދެމުންދާކަން ޕަބްލިކް އެގްޒަމިނޭޝަންގެ ސަމާލުކަމަށް ގެނެސްފައި ނުވާކަމީ އޭނާގެ ނިޔަތް ޚާލިޞް ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އޭސީސީން ބުނެފައިވަނީ އިތުރު ތަހުގީގެއް ހިންގުމަށާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެޑިއުކޭޝަނަށް އަންގާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ޖެނުއަރީ 2018 | ހޮނިހިރު 15:44
ހިސްނިޔާ
އޭތެދެއް؟ ސަކީބޫ އިސްތިއުފާ ދޭކަށް ނުވޭތެ؟ ލަދު؟
25 ޖެނުއަރީ 2018 | ބުރާސްފަތި 21:52
ފިޒާނާ
މިކަން ފަޅާއެރީ އަދި ކިރިޔާ.... މިކަން ހިނގާ ތާ އެތައް ފަހަރެއް... ނުބީހެންޏާ ކަނޑާ ހަމަ
25 ޖެނުއަރީ 2018 | ބުރާސްފަތި 21:15
އެހެންވެރިޔަކު ހިދުމަތްނުުކުރެ
މިހާތަނަށް "ހިދުމަތްކުރި ހަމައެކަނި ވެރިޔާ" ސަކީބު ހަމަ ވަގުތުން އިސްތިއުފާ!!!!! ފިޔަވަޅު ވެސް އެޅެންވާނެ. އިމްތިހާނުވެސް އަލުން ބޭއްވެން ވާނެ! އެކަމަށް ހިނގާ ހަރަދު....؟
25 ޖެނުއަރީ 2018 | ބުރާސްފަތި 21:12
މިހާތަނަށްޑީޕީއީއަށްހިދުމަތްނު
އަހަރެން މީ ސަކީބު ނަމަ ހަމަ ވަގުތުން އިސްތިއުފާ ދޭނަން.. ޑީޕީއީ އަށް 25 އަހަރު ފުރިގެން ބޭއްވި ޖަލްސާގައި "ތަނަށް މިހާތަނަށް އެންމެ ރަނގަޅަށް ހިދުމަތްކުރި ހަމައެކަނި ވެރިޔާ" ކަމަށް އެނައުންސު ކުރިރޭވެސް މަށަށް ވިސްނުނު ކޮންމެ ފަދަ ކަމެއްވެސް ހިނގާ ފާނެ ކަމަށް! ތިކަމުގައި ހިމެނޭ އެންމެނަށް އަދަބު ލިބެންވާނެ. އިމްތިހާނުވެސް އަލުން ބޭއްވެން ވާނެ. ސަކީބު އިސްތިއުފާ ދިނުން ނޫންގޮތެއްވެސް ނެތް! ލަދެއް އޮތިއްޔާ!
25 ޖެނުއަރީ 2018 | ބުރާސްފަތި 20:41
ކަތްދަ
މިކަންކުރި ޓީޗާސް އަށް ކިޔަވައިދިނުމުގެ ހުއްދަ ބާތިލް ކުރަންޖެހޭ.