ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 03:12
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
މުހައްމަދު ޝަރުހާން
ސިވިލް ސަރވިސް މުސާރަ
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ފެބްރުއަރީގައި ބޮޑު ކުރަނީ
މުސާރަ ބޮޑުކުރަން މިއަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާ ހިމަނާފައިވޭ
އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް 37 ޕަސެންޓަށް މުސާރަ ބޮޑުވެގެންދާނެ
ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 24000 މުވައްޒަފުން އުޅޭ

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ފެބްރުއަރީ މަހުން ފެށިގެން މުސާރަ ބޮޑުވާނެ ކަމަށް ފިނޭންންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްފައި މިނިސްޓަރ ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ރާއްޖެއެމްވީ އިން މިނިސްޓަރު މުނައްވަރަށް މިކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޖަވާބެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.  ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިއަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 24000 މުވައްޒަފުން އުޅޭ އިރު މުސާރަ ބޮޑުކުރުމުގެ ކަންކަން ވަނީ ވަކި އުސޫލުތަކަށް ބަހާލެވިފަ އެވެ. އެގޮތުން އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް 37 ޕަސެންޓަށް މުސާރަ ބޮޑު ވެގެންދާއިރު މަތީ ފަންތީގެ މުވައްޒަފުންނަށް 25 ޕަސެންޓް ބޮޑުވާނެ ކަމަށް މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހާމަކުރައްވާފަ އެވެ.

ސިވިލް ސަރވިސްގައި އެންމެ އާދައިގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 5000ރ ވެސް ނުލިބެ އެވެ. ޓެކްނިކަލް މުވައްޒަފުންނާއި އެޑްމިނިސްޓްރޭޓިވް ލެވެލްގެ މުވައްޒަފުންނަށް މުސާރައާއި އިނާއަތްތަކުގެ ގޮތުގައި ގެއަށް ގެންދިއުމަށް އާންމުގޮތެއްގައި ލިބެނީ 7000ރ. އާއި 10000ރ އާއި ދެެމެދުގެ މުސާރައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
25 ޖެނުއަރީ 2018 | ބުރާސްފަތި 12:43
Civil service person
Actually early lower level certificate but now mp0any of them have better level than earlier that also check and high the level of the salary