ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 18:01
މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޓީސީ ކުޅުނު މެޗެއްގެ ތެރެއިން
މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޓީސީ ކުޅުނު މެޗެއްގެ ތެރެއިން
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް
އޭއެފްސީ ކަޕް 2018
ބަންގްލަދޭޝްގައި ޓީސީއަށް މުހިންމު މޮޅެއް
ޓީސީ ވަނީ 1-0 އިން ސައިފް ސްޕޯޓިން ކްލަބް ބަލިކޮށްފައި
ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޓީސީއަށް ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވާނެ
ދެވަނަ ލެގު ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި

އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާއި ދެކޮޅަށް ކުޅުނު މެޗު ޓީސީ ސްޕޯޓްސް ކްލަބްއިން ކާމިޔާބު ކޮށްފިއެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ނެޝެނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓީސީއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ އޭއެފްސީ ކަޕްގައި ޓީސީ ކުޅުނު ފުރަތަމަ މެޗަށެވެ. ހަމައެހެންމެ މިއީ ސައިފް ސްޕޯޓިން ވެސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗާއި ދެ ޓީމުން ވެސް ކުރިމަތިލީ ވަރުގަދަ ފުރަތަމަ އެގާރަޔަކާއެކުއެވެ. އެހެން ނަމަވެސް ޓީސީގެ ފުރަތަމަ އެގާރައިގައި ނައިޖީރިއާގެ ފޯވާޑް ޕީޓާ ކޮލަވޯލޭ އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އައްޒާމް އަނިޔާގެ ސަބަބުން ހިމަނާފައެއް ނުވެއެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މި މެޗުގައި ޓީސީގެ ފޯވާޑުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ކުޅުންތެރިން ވަނީ ސައިފްގެ ގޯލަށް ބާރުބޮޑުކޮށް އެ ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި މެޗުގައި ޓީސީއިން ޖެހި ހަމައެކަނި ލަނޑު 23 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކިރްގިސްތާނުގެ މިޑްފީލްޑަރު އަންޓޮލީ ވަލްޝިޗޭވްއެވެ. އޭނާ މި ލަނޑު ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ ބެލާރޫސް ކީޕަރު ޑިމިޓްރީ އަސްނިންއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާއި ގުޅިގެން މެޗުގެ ބާކީބައިގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އިބްރާހިމް ނަދީމްއެވެ.

ދެވަނަ ހާފުގައި ސައިފް ސްޕޯޓިންއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ފޮނުވާލި ހަމަލާތަކެއް ޓީސީގެ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ. ސައިފް ސްޕޯޓިންއިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުމުގައ ނަދީމް އަދި ޓީސީގެ ޑިފެންޑަރުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މެޗުން މޮޅުވުމާއެކު އަންނަ ހަފްތާގެ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޓީސީއަށް ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވާނެއެވެ. ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ
.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 އޮކްޓޯބަރ 2020 | ބުދަ 10:44
Easa
ހޮނިހިރު ދުވަހު ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ
27 ސެޕްޓެންބަރ 2020 | އާދީއްތަ 09:42
Easa Qasim
Easa Qasim 1037 battery periodically for the first time in