ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 01:57
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ސިޓީ ހަވާލުކުރުމަށް އަނަސް (އެމްޑީޕީގެ އެސްޖީ) އަދި ސަމީރު (ޖޭޕީގެ އެސްޖީ) އިންޑިއަން އެމްބަސީއަށް ވަޑައިގަންނަވަނީ
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ސިޓީ ހަވާލުކުރުމަށް އަނަސް (އެމްޑީޕީގެ އެސްޖީ) އަދި ސަމީރު (ޖޭޕީގެ އެސްޖީ) އިންޑިއަން އެމްބަސީއަށް ވަޑައިގަންނަވަނީ
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ރާއްޖޭގެ ސިޔާސީ މަސްރަހު ބަޔާންކޮށް އިދިކޮޅު ފަރާތްތަކުގެ ސިޓީއެއް އިންޑިއާގެ ބޮޑު ވަޒީރަށް
ސިޓީ ހިފައިގެން ވަޑައިގެންނެވީ އެމްޑީޕީގެ އަނަސް އަދި ޖޭޕީގެ ސަމީރު
ސިޓީގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ މައުލޫމާތު ހިމެނޭ
އިންތިހާބު ބޯމަތިވެފައިވާއިރު ސަރުކާރުން ކުރާ ކަންކަމުގެ މައުލޫމާތުވެސް ހިމެނޭ

އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ރައްދު ކޮށްދިނުމަށް އެދި ސިޓީއެއް މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީއާއި ހަވާލުކޮށްފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީއާއި ގުޅޭގޮތުން ޕާޓީތަކުން ތަފްސީލް މައުލޫމަތު މިހާތަނަށް ހާމަކޮށްފައިނުވާއިރު، ބޮޑު ވަޒީރަށް ރައްދުކޮށްދިނުމަށް އެދި އިންޑިއަން އެމްބަސީއަށް އެ ސިޓީ ހިތްޕަވައިގެން ވަޑައިގެންނެވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާއި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރް އެވެ.

އަވަށްޓެރި އިންޑިއާއާއެކު ހުރިހާ ސަރުކާރުތަކުން ބާއްވަމުންއައި ގާތް ގުޅުމަށް ހީނަރުކަން އައިސް، ދެ ޤައުމުގެ ދެމެދުގައި މައްސަލަތައް ހޫނުވެފައިވާއިރު އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ފޮނުވި ސިޓީގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރައްވާފައިވެއެވެ. އެނގިފައިވާގޮތުގައި އެ ސިޓީގައި ކުރިއަށް އިންތިހާބު އޮތް އިރު ޤާނޫނާއި ގަވާއިދުތަކުގެ ބޭރުން ސަރުކާރުން ކުރާ ކަންތައްތަކުގެ ތަފްސީލީ މައުލޫމާތު ލިޔުއްވާފައިވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރަށް އިދިކޮޅު ފަރަތްތަކުން ސިޓީއެއް ފޮނުވިއިރު، ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރާއި ބައްދަލުކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދެގައުމުގެ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އެބައޮތެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކަރުގެ އެކި އިދާރާތަކަށްވެސް ސިޓީތައް ހުށަހަޅަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓަށާއި، އިލެކްޝަންސް ކޮމިޝަނަށްވެސް ސިޓީ ފޮނުއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް