ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 18:46
ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދުގެ ބޭބެ އަބްދުﷲ މުޞްދިޤު
ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދުގެ ބޭބެ އަބްދުﷲ މުޞްދިޤު
ރާއްޖެއެމްވީ
ކުއްލި މަރު
ސުމައިދުގެ ބޭބެގެ ހަށިގަނޑުގައި އާދަޔާ ހިލާފްކަމެއް ނެތް، އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ހުރީ: ހޮސްޕިޓަލް
ހާޓް އެޓޭކެއް ޖެހިގެން މަރުވިކަމަށް ލަފާކުރެވޭ
އަގައިންނާއި ނޭފަތުން ލޭ އައިސްފައި ހުރުމުން އެކަން ފާހަގަކުރެވޭ
އާއިލާއިން މަރާ ގުޅޭގޮތުން މިހާތަނަން ސުވާލު އުފައްދާފެއެއް ނުވޭ

ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މުހައްމަދު ސުމައިދުގެ ބޭބެއެއް މަރުވެފައި އޮތްވާ ފެނުނުއިރު އޭނާގެ އަނގައިންނާއި، ނޭފަތުން ލޭ އައިސްފައި ހުރިކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދުގެ ބޮޑު ބޭބެ އަބްދުﷲ މުޞްދިޤު މަރުވެފައި އޮތްވާ ފެނުނީ ޖެނުއަރީ 18 ވަނަ ދުވަހު، އެނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިނެވެ. އުމުރުން 37 އަހަރުގެ މުޞްދިޤު އަކީ ސުމައިދު ހޯދުމަށް ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެ އާއިލާގެ މެމްބަރެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މުޞްދިޤު ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ޑޮކްޓަރުން ބެލި ބެލުމުން އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެއެވެ. އެހެންމަވެސް މުޞްދިޤު އަނގައިންނާއި ނޭފަތުން ލޭ އައިސްފައިވާކަން ފާހަގަކޮށް ހޮސްޕިޓަލުން ބުނީ އާންމުކޮށް ހާޓްއެޓޭކް ޖެހިގެން މީހުން މަރުވާއިރު ނުވަތަ ހާޓްއެޓޭކް ޖެހުމުން އަނގައިންނާއި ނޭފަތުން ލޭ ނާންނަ ކަމަށެވެ.

މުޞްދިޤުގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުނެވެ. މުޞްދިޤު ބެލި ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުން ބުނީ އޭނާގެ ހަށިގަނޑުން އެއްވެސް އާދަޔާއި ހިލާފް އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށެވެ. މުޞްދިޤުގެ މަރާ ގުޅެގޮތުން އާއިލާއިން އެއްވެސް އެއްޗެއް މިހާތަނަން ބުނެފައެއް ނުވެއެވެ. އަދި މަރާ ގުޅޭގޮތުން ސުވާލު އުފައްދާފައެއް ވެސް ނުވެއެވެ.

މުޞްދިޤުގެ ކޮއްކޮ ސުމައިދު ހޯދުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއި އެކު އެމްއެންޑީއެފުން މިހާރު ވެސް ދަނީ ކުރަމުނެވެ. ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ އިރު، މިހާތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިސޯޓް ކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ފަޅު ރަށްތައް ވެސް ބަލަމުންނެވެ.

މިމައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
21 ޖެނުއަރީ 2018 | އާދީއްތަ 18:35
ރަށުމީހާ
ސުމައިދުގެ ބޮޑު ބޭބެ މީ. އެއްބަނޑ އެއްބަފާ ބޭބެއެއް ނޫން. މައުލޫމާތު ޔަޤީންކޮށްފަ ލިޔުއްވާ
21 ޖެނުއަރީ 2018 | އާދީއްތަ 18:22
ޝާން
އަޅުގަނޑަކީ މުޝްދިގުގެ އަވައްޓެރިއެއް. މުޝްދިގު އަކީ ސުމައިދު ގެ އެއްބަނޑު އެއްބަފާ ބޭބެއެއް ނޫން. މުޝްދިގު އަކީ ސުމައިދު ގެ މަންމަ އާއި އެއްބަނޑު އެއްބަފާ ކޮއްކޮ. ވީމާ މިކުށް ރަނގަޅުކޮށް ލެއްވުން އެދެން. އަދި ޔަގީން ކުރަންބޭނުންނަމަ އާއިލާއަށް ގުޅުއްވައިގެން ޔަގީންކޮށްފަ ރަނގަޅު ކުރުމަށް އެދެން