ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 16:30
ހަތަރު ލީޑަރުންގެ ސިޓީ އިލެކްޝަންސްއަށް ހުށަހެޅުން
ހަތަރު ލީޑަރުންގެ ސިޓީ އިލެކްޝަންސްއަށް ހުށަހެޅުން
ޓްވިޓަރ
މެންބަރުންްގެ ގޮނޑިގެއްލުން
ހަތަރު ލީޑަރުންގެ ސިޓީ އިލެކްޝަންސްއަށް ހުށަހަޅައިފި
މި ސިޓީ ހަވާލުކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވާ ބައެއް މެންބަރުން ހިމެނޭ
ބައެއް މެންބަރުންގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބައެއް ބޭފުޅުން ވަނީ ހޮނިހިރުދުވަހު ކޮމިޝަނަށް ވަޑައިގަންނަވާފަ

ހަތަރު ލީޑަރުންގެ ސިޓީއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ މައްސަލައިގައި އެ ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެދި ހުށަހެޅުއްވި ސިޓީ ބަލައިގެންފައި ވަނީ އާދިއްތަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ.

މި ސިޓީ ހަވާލު ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވާ ބައެއް މެންބަރުންގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބައެއް ބޭފުޅުން ވަނީ ހޮނިހިރު ދުވަހު ކޮމިޝަނަށް ވަޑައިގަންނަވާފައެވެ.

އެގޮތުން ކޮމިޝަނަށް ވަޑައިގެންނެވުމަށް ފަހު ޕީޕީއެމް ރައީސް މައުމޫނު ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް އިން ބުނާ މައްސަލައިގައި ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރުމަށް އެދި މެންބަރުން ހުށހެޅުއްވި ސިޓީ އެ ކޮމިޝަނުން ބައިގަނެފައިވާ ކަމަށެވެ. ޔުމްނާ ވަނީ ސިޓީ ބަލައިގަތްކަން އަންގައިދޭ ޑޮކިއުމެންޓްގެ ފޮޓޯއެއް ވެސް މި ޓްވީޓާއި އެކު އެޓޭޗް ކުރައްވާފައެވެ.

ސިޓީ ބަލައިގަތްކަން އަންގައިދޭ ޑޮކިއުމެންޓްގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން މިދިޔަ ހޯމަދުވަހު ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ބައްދަލު ކުރެއްވުމަށް ރަސްމީކޮށް ލިޔުމުން ހުށަހަޅުއްވައިފައެވެ.

މީގެއިތުރުންމްބަރުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މި އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ 60،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް އަންނަންދެން މަސައްކަތް ކުރަމުންދާނެ ކަމަށާއި މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލައްވާނެ ކަމަށް މެންބަރުން ގެއްދަވަނީ ވިދާޅުވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު ވެސް އެތައް ދުވަހެއް ވެއްޖެ ކަމަށާއި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާ ދިގު ދަންމަމުންދާ ދިއުމަކީ އަދުލް އިންސާފަށް އެޅޭ ހުރަހެއް ކަމަށް އެ މެމްބަރުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް