ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 14:38
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އިނިގިރޭސި ވިލާތުގައި އުޅުއްވި ނަމަވެސް ދޭތެރެ ދޭތެރެއިން ސްރީލަންކާއަށް ވަޑައިގަންނަވާ
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އިނިގިރޭސި ވިލާތުގައި އުޅުއްވި ނަމަވެސް ދޭތެރެ ދޭތެރެއިން ސްރީލަންކާއަށް ވަޑައިގަންނަވާ
މުހައްމަދު ފަޒީން
ކުރީގެ ރައީސް ނަޝީދު
ނޫސްވެރިންނަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާ ކުރެއްވުމަށް ރައީސް ނަޝީދު ލައްކާއަށް ވަޑައިގަންނަވައިފި
ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 22 ގައި
ރިޔާސީ އިންތިޚާބުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ
އިދިކޮޅު ފަރާތްތަކުން ދަނީ ސްރީލަންކާގައި މުހިންމު މަސައްކަތްތަކެއް ކުރަމުން

މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ މުހިންމު ވާހަކަތަކެއް ހިއްސާ ކުރެއްވުމަށްޓަކައި ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ސްރީ ލަންކާއަށް އާދީއްތަ ދުވަހު ވަޑައިގަންނަވައިފި އެވެ.

ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މާދަމާ ހެނދުނު އެވެ. 

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދް އަބްދުޣަފޫރް ވިދާޅުވީ ރައީސް ނަޝީދު މި ނޫސްވެރިންގެ ބައްދަލުވުމުގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މި ސަރުކާރުން ދިން ޖަވާބާއި ގުޅޭގޮތުން ރައްދު ދެއްވާނެ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭގޮތަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދުގެ މައްސަލައިގައި މިއަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި އެ ކޮމިޓީގެ ބައްދަލުވުމުއް ބޭވުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދި މަސްއޫލިއްޔަތު އަދާ ކުރުމަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުން މުހިންމު ކަމަށެވެ. 

އިނގިރޭސިވިލާތުން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވަނީ، 2018 ވަނަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ބޮޑު އަހަރެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ނަގާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް