ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 12:06
19 މީހުންނާ އެކު މަސްވެރިކަން ކުރަން އުޅެނިކޮށް ހޮނިހިރު ދުވަހު ބިންދައިގެން ދިޔަ ކަނޑުހުޅުދޫ، ރަންދުވެލި 105
19 މީހުންނާ އެކު މަސްވެރިކަން ކުރަން އުޅެނިކޮށް ހޮނިހިރު ދުވަހު ބިންދައިގެން ދިޔަ ކަނޑުހުޅުދޫ، ރަންދުވެލި 105
އެމްއެންޑީއެފް
ދޯނި ބިނދުން
އަނެއްކާ ވެސް ކަނޑުހުޅުދޫ ދޯންޏެއް ބިންދައިގެން ހިގައްޖެ!
އިއްޔެ ވެސް ކަނޑުހުޅުދޫ ދޯންޏެއް ވަނީ ބިންދައިގެން ގޮސްފައި
ރަށުގައި މަހަށް ފުރުމަށް ބޭނުންކުރާ ތިން ދޯނިވެސް މިވަގުތު އޮތީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި

ގއ. ކަނޑުހުޅުދޫ ދޯންޏެއް މިއަދުވެސް ބިންދައިގެން ހިނގެއްޖެއެވެ.

ހޮނިހިރު ދުވަހު ވެސް ކަނޑުހުޅުދޫ ދޯންޏެއް ބިންދައިގެން ގޮސްފައި ވަނިކޮށް މިއަދު ބިންދައިގެން ގޮސްފައިވަނީ އެރަށު "ފަހިރޯދި" ދޯނި ކަމަށް ކައުންސިލުން މައުލޫމާތިދެއެވެ.

ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ވިދާޅުވީ، "ފަހިރޯދި" ދޯނި ބިންދައިގެން ދިޔައީ އާދިއްތަ ދުވަހުގެ ހެނދުނު އެމަށް ގޮސް އުޅެނިކޮށް ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މި ދޯނި ބިންދައިގެން ދިއުމާއެކު އެރަށުގައި މަސްވެރިކަން ކުރުމަށް ބޭނުންކުރާ ކުރިހާ ދޯންޏެއް ވަނީ ހަލާކުވެފައެވެ. މި ދެދޯނި ބިންދައިގެން ދިއުމުގެ ކުރިން އެރަށުގައި އޮތް އެހެން ދޯންޏެއްވެސް މީގެ ދެ ހަފްތާކުރިން ވަނީ އިންޖީނު ހަލާކުވެފައިކަމަށް ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށުގައި މަހަށް ފުރުމަށް ބޭނުންކުރާ ތިން ދޯނިވެސް މިވަގުތު އޮތީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިކަމުން ރަށުގެ މަސްވެރިކަން އެއްކޮށް ހުއްޓި އެކަމުގެ ގެއްލުން ރަށުގެ މަސްވެރިންނަށާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިވާނެތީ އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި ސަރުކަރުން މަސްވެރިންނަށް ދޭން ވައުދުވި 10000 ރުފިޔާ ނުދޭތީ މިފަދަ ކަންކަން ކުރިމަތި ވުމުން އިންތިހާއަށް މަސްވެރިންނަށް ދަތިވާނޭކަމަށެވެ.

ހޮނިހިރު ދުވަހު 19 މީހުންނާ އެކު މަސްވެރިކަން ކުރަން އުޅުނު ކަނޑުހުޅުދޫ "ރަންދުވެލި 105" ދޯނީގެ ގެގަނޑު ކައިރިން ވަނީ ބިންދައިގެން ގޮސްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް