ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 04:03
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
މުހައްމަދު ޝަރުހާން
މަޖިލިސް މެމްބަރުންގެ މައްސަލަ
އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު
އަޑުއެހުން އޮންނާނީ މެންދުރު ފަހު 15:00 ގައި
މި މައްސަލާގައި ދައުވާ ނުކުރަން ކުރިން ނިންމާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގަ އެވެ. މި ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު 3:00 އަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މި އަޑުއެހުމުގައި އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ނުކުރުމަށް ކުރިން ނިންމި ކަމަށާއި އެކަން އޭނާއަށް ވެސް އެންގި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ފުރަތަމަ ފަހަރަށް ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓެވި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު، ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންދިޔައީ 2015 ވަނަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އަންގާފައި ވަނީ އިބްރާހިމް ދީދީގެ މައްސަލަ އަނބުރާ ގެންދިޔައީ ދިރާސާ ކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެސ އިމާރާތަށް ވަނުމަށް ފުލުހުން ހުރަސް އަޅާފައިވަނިކޮށް އެތަނަށް ވެންނެވި ކަމަށް ބުނާ މައްސަލައެއްގައިވެސް އިބްރާހިމް ދީދީގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި އޭނާގެ އިތުރުން 11 މެމްބަރެއްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސްއެޅުމުގެ ދައުވާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް