ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 23:32
ކ. މާފުށީ ޖަލު
ކ. މާފުށީ ޖަލު
ރާއްޖެއެމްވީ
މާފުށީ ޖަލު
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކުއްލި ގޮތަކަށް މަރުވެއްޖެ
މަރުވެފައިވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޒުވާނެއް
އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ކަރެކްޝަނުން ބުނޭ

ކ. މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ހޮނިހިރު ދުވަހުގެ ރޭ "ރާއްޖެ އެމްވީ"އަށް ވިދާޅުވީ މަރުވެފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލް ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް ކަރެކްޝަނަލް ސާރވިސް ހާމައެއް ނުކުރެ އެވެ.

މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ހ ރެދަން އަހުމަދު އިރުޝާދެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް