ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 21:23
ހުކުރު ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން
ހުކުރު ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ރިސޯޓްތަކަށް ފުލުހުން އެރުން: އިދިކޮޅު ފަރާތްތަކުގެ އެއްވުމެއް މިރޭ
އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި
އެއްވުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މ. ކުނޫޒުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އަރައި، ވިޔަފާރި ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސްއިން ކުރާ މަސައްކަތްތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެއްވުމެއް ބޭއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ. 

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ، ޕާޓީތަކުގެ މައި ޖަގަހަ ގޮތުގައި ބޭނުންކުރަމުން އަންނަ މ. ކުނޫޒުންނެވެ. މި އެއްވުމަކީ ޓުވަރިޒަމް ފުނޑާލާ ރައްޔިތުންގެ މުދާ ފޭރުމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބާއްވާ އެއްވުމެއް ކަމަށް ޕާޓީތަކުން ބުނެ އެވެ. 

 

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ހަވީރުވެސް އެއްވުމެއް ކުރިއަށްގެންގޮސްފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައި މިއަދު (ހޮނިހިރު ދުވަހު) ވެސް މުޒާހަރާތަކާއި އެއްވުންތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ޤާސިމް އިބްރާހިމްގެ އުފަން ރަށް މާމިގިލީގައިވެސް ވަނީ މުޒާހަރާ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް