ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 19:16
"ރަންދުވެލި 105" ދޯނި
"ރަންދުވެލި 105" ދޯނި
އެމްއެންޑީއެފް
ގއ. ކަނޑުހުޅުދޫ ދޯނި
ގއ. ކަނޑުހުޅުދޫ ދޯންޏެއްގެ ގެގަނޑު ބިންދައިގެން ދިޔުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
ދޯންޏަކީ މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއް
ދޯނީގައި 19 މީހުން ތިބި

މަސްވެރިކަން ކުރަން ގޮސް އުޅުނު ގއ. ކަނޑުހުޅުދޫ ދޯންޏެއް ކަމަށްވާ "ރަންދުވެލި 105" ދޯނީގެ ގެގަނޑު ކައިރިން ބިންދައިގެން ދިޔުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޯނީގެ ގެގަނޑު ކައިރިން ބިންދައިގެން ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 02:37 ހާއިރު ކަމަށާއި އިތުރު ތިން ދޯނީގެ އެހީތެރިކަމާއެކު މިހާރު އެ ދޯނި ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މަސްވެރިކަން ކުރަން ގޮސް އުޅުނު ދޯނީގައި 19 މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ޖެނުއަރީ 13 ވަނަ ދުވަސް ދޯންޏެއް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް