ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 14:55
ވިލާ ގްރޫޕްގެ ފަން އައިލެންޑް ރިސޯޓެއްގައި ފުލުހުންނާއި ކަސްޓަމްސްގެ ޓީމު
ވިލާ ގްރޫޕްގެ ފަން އައިލެންޑް ރިސޯޓެއްގައި ފުލުހުންނާއި ކަސްޓަމްސްގެ ޓީމު
މުހައްމަދު ޝަރުހާން
ވިލާގެ ރިސޯޓްތަކަށް އެރުން
ފުލުހުންނާއި ކަސްޓަމުން ފަން އައިލެންޑަށް އަރައިފި
10 ވަރަކަށް މީހުންގެ ޓީމެއް އެރަށަށް ވަނީ އަރާފައި
ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 ގައި ނެރުނު އަމުރެއް
ފަސް ދުވަސް ވަންދެން އަމުރުގެ ބާރު ހިނގާނެ

ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ކަސްޓަމްސް އިން ވިލާ ގްރޫޕްގެ ފަން އައިލެންޑް ރިސޯޓަށް އަރައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓަމްސް އާއި ފުލުހުންގެ ޓީމެއް ފަން އައިލެންޑަށް އަރާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ. އެގޮތުން އެ ރިސޯޓަށް އަރާފައި ވަނީ 10 ވަރަކަށް މީހުންގެ ގްރޫޕެކެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 ގައި ނެރުނު އަމުރުގައިވާ ގޮތުގައި ބަލާފާސްކުރުމުގެ ހުއްދަ ދީފައިވަނީ، ބޮންޑެޑް ވެއަރހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓު ނޫން އެ ރިސޯޓާއި ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ކުރިން ނެރުނު އަމުރެކޭ އެއްގޮތަށް މި އަމުރު ވެސް ނެރެފައި ވަނީ ކަސްޓަމްސްގެ އެެދުމުގެ މަތިންނެވެ. ފަސް ދުވަހުގެ މުއްދަތަކަށް ނެރެފައިވާ މި އަމުރުގެ ދަށުން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑާއި ދުވާލު ހިމެނޭ ގޮތަށް 18 ގަޑިއިރު ވަންދެން ބަލާފާސްކުރެވޭނެއެވެ.

މީގެ ކުރިން، ހުކުރު ދުވަހުގެ ރޭ އެ ރިސޯޓް ބަލާފާސްކޮށް، ބަނގުރާ ދެ ކޭސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި ބަނގުރާ ސްޓޮކްގެ ބައެއް ވަތްތަރުތައް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. 

ވިލާ ގްރޫޕްއިން ހިންގާ ފަސް ރިސޯޓަށް ވެސް ފުލުހުންނާއި ކަސްޓަމްސް އިން އަރައި ބަލާފާސްކޮށްފައި ވެއެވެ.

ހޮނިހިރު ދުވަހު މެންދުރު ފުލުހުންގެ ވަރުގަދަ ޓީމެއް މާލޭ އެއް ނަންބަރު ފާލަމުން ފުރި މަންޒަރު ފެނިފައި ވެއެވެ. މި ޓީމު ތިބީ ރިއޮޓް ގިޔަރުގައެވެ. 

 

ތަފްސީލު އަންނަނީ...

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް