ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 11:35
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ޓްވިޓަރ
އެމްއެންޑީއެފް ކޯސްޓްގާޑް
ޑިފެންސް މިނިސްޓަރު ހުންނެވި ސިފައިންގެ އުޅަނދަކުން ލަންކާ މަސް ބޯޓެއް އަތުލައިގެންފި
މި ބޯޓު ފެނިފައިވަނީ ހެނދުނު 07:30 ހާއިރު
މި ބޯޓުގައި 6 މަސްވެރިން ތިބި
އެމްއެންޑީއެފް އިން ދަނީ މި ބޯޓް ހއ. އަތޮޅަށް ގެންދިއުމަށް މަސައްކަތް ކުރަމުން

ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ މަސް ބޯޓެއް ފެނުމުގެ ސަބަބުން، އެބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ޖައިވީ 7" ނަމަކަށް ކިޔާ މި ބޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ހާއިރު ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 42 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މި މަސް ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ"ގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވެސް ހުންނެވި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމަނިކުފާނު "ހުރަވީ"ގައި ދަތުރުކުރައްވަމުން ގެންދެވީ އުތުރުގެ އަތޮޅުތަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. 

މި ބޯޓްގައި ސްރީލަންކާގެ ދިދައެއް ނަގާފައި ހުރިއިރު މި ބޯޓުގައި ސްރީލަންކާގެ ހަ މަސްވެރިން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިބޯޓް ހއ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މެންދުރުފަހުގެ ވަގުތެއްގައި އެ ބޯޓު ހއ. އަތޮޅަށް ގެންދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ޖެނުއަރީ 2018 | ހޮނިހިރު 13:25
މޭން
ހުރިހާ މަސްވެރިންގެ ދަތްދޮޅި ދުއްވާލާ.?