ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 07:47
ށ. ނޫމަރާ ސުކޫލް
ށ. ނޫމަރާ ސުކޫލް
ސިމާހާ ނަސީމް
ށ. ނޫމަރާ ސުކޫލް
ށ. ނޫމަރާ ސުކޫލްގެ ކުދިން ފާޚާނާ ކުރަން ދާންޖެހެނީ ގެއަށް!
ސްކޫލްގައި ފާހާނާކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނެތް
ފިލާވަޅުގެ މެދުތެރެއިން ފާހާނާ އަށް ދާންޖެހިއްޖެ ނަމަ ބޮޑު ބައެއް ގެއްލޭ

ށ. ނޫމަރާ ސުކޫލްގެ ކުދިން ފާހާނާ ކުރަން ދާންޖެހެނީ ގެއަށް ނުވަތަ ސުކޫލް ކައިރީގައި ޖެހިގެން ހުންނަ މިސްކިތައް ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ރާއްޖެއެމްވީ އަށް ކިޔައިދިން ގޮތުގައި މިދިޔަ އަހަރު ސުކޫލްގެ ފާހާނާތައް ހެދުމަށް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްފައިވީ ނަމަވެސް އެ މަސައްކަތް ނުނިމުމުގެ ސަބަބުން ކުދިންނަށް ފާޚާނާ ކުރެވޭނެ ގޮތް ސުކޫލްގައި ހަމަޖެހިފައެއް ނުވެއެވެ. އެހެންވުމުގެ ސަބަބުން ކުދިން ކުޑަކަމުދާން ނުވަތަ ބޮޑު ކަމުދާން ބޭނުންވާ ކޮންމެ ފަހަރަކު ޓީޗަރު ކައިރިން ހުއްދަ ހޯދައިގެން ދާންޖެހެނީ ސުކޫލް ކައިރީގައި ޖެހިގެން ހުންނަ މިސްކިތަށް ނުވަތަ އެ ކުއްޖެއްގެ ގެއަށް ކަމަށް އޭނާ ބުންޏެވެ. 

މިކަމާ ގުޅޭ ގޮތުން އެ ސޫކުލްގެ އެޑްމިން އޮފިސަރ މުހައްމަދު ނިޒާމް ވިދާޅުވީ މިދިޔަ އަހަރު ސުކޫލް ފާޚާނައިގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހެޅުމަށް ދެ ފަހަރުގެ މަތިން އިއުލާން ކުރުމުން އެއްވެސް ބަޔަކު ކުރިމަތި ނުލި ކަމަށެވެ. އަދި ތިންވަނަ ފަހަރަށް އިއުލާންކޮށްގެން ބަޔަކު ކުރިމަތިލުމުން އެމީހުންނާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސޫކުލް ފާޚާނާތައް ހެދުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ރަށުން މައުލޫމާތު ދިން މީހާ ބުނީ މީގެ އިތުރުން ފޮތްތައް ހަމަނުވުމުގެ މައްސަލަ ވެސް ކުރިމަތިވެފައިވާ ކަމަށާއި އެ ގޮތުން އެ ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރުންގެ އިސްލާމް ފޮތް ސުކޫލުން އަދިވެސް ހަވާލުނުކުރާ ކަމަށެވެ.

ޓީޗަރު ފިލާވަޅު ނަގައިދޭ ގަޑީގައި ފިލާވަޅުގެ މެދުތެރެއިން ފާޚާނާ ކުރަން ގެއަށް ނުވަތަ މިސްކިތަށް ދާންޖެހުމުން ކުދިންނަށް އެ ނަގައިދޭ ފިލާވަޅުގެ ބޮޑު ބައެއް ގެއްލި، ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް