ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 01:51
ޕެރެޑައިސް އައިލެންޑް ރިސޯޓް
ޕެރެޑައިސް އައިލެންޑް ރިސޯޓް
މުހައްމަދު ފަޒީން
ވިލާ ރިސޯޓުތައް
ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން: މާމިގިލީ ކައުންސިލް
ވިޔަފާރިތައް ނެތިކޮށްލުމަށް ކުރެވޭ އަނިޔާވެރި އަމަލެއް
ގާސިމްގެ ވިޔަފާރީ އަށް ލިބޭ ކޮންމެ ގެއްލުމަކީ މާމިގިލީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް
މިއީ ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނޭ

ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލް އިދާރާ އިން ގޮވާލައިފިއެވެ.

އެ އިދާރާ އިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިލާ ކުންފުނިން ހިންގަމުންދާ ފަސް ރިސޯޓަށް ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން އަރައި އެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށްވެސް ބެލުމެއް ނެތި އެ ރިސޯޓުތަކުގައި ބިރުވެރިކަމާ ނާމާންކަން އުފެދިދާނެ ގޮތަށް އަމަލުކުރަމުން ގެންދިއުމަކީ، ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ އެއްވެސް ގެއްލުމަށް ބެލުމެއް ނެތި ކުރި ކަމެއް ކަމަށެވެ.  އެ ރިސޯޓުތަކުގައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިންނަށާއި ތަނުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ހިތްތަކަށް ބިރުވެރިކަމާއި ނާމާންކަން އުފެދޭނެ ގޮތަށް ކަންތައްތައް ކުރަމުން ގެންދިއުމަކީ މާމިގިލީގެ ރައްޔިތުންނަށާއި ކައުންސިލް އަށް ގަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

ވިލާ ކުންފުނީގެ ފަސް ރިސޯޓުގެ ތެރެއިން ހާއްސަކޮށް ސަން އައިލޭންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓަކީ އދ އަތޮޅުގެ ގިނަ މީހުންނާއި މާމިގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާ އަދާކުރަމުންދާ ދެ ރިސޯޓަށް ވީހިނދު އެ ދެ ރިސޯޓު ހުއްޓުމަކަށް އައުމަކީ މާމިގިލީގެ އެތައް އާއިލާތަކަކަށް އޭގެ ސަބަބުން އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށް ހިދުމަތް ނުދެވޭ މިންވަރަށް މުއައްސަސާތަކުން އަމަލު ކުރުމަކީ އަނިޔާވެރިކަމާއި ގަދަބާރުން ކަންކުރުމުގެ ސަގާފަތުގެ ތެރެއިން ހިންގަމުންދާ ޖަރީމާއެއް ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ދިނުމުގެ ބަދަލުގައި އެފަދަ ވިޔަފާރިތައް ނެތިކޮށްލުމަށް ކުރެވޭ އަނިޔާވެރި އަމަލެއްގެ ދަށުން އަދި ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ވިލާ ކުންފުނީގެ ރިސޯޓުތަކަށް ސީދާ އަމާޒުކޮށް ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތައް ކައުންސިލުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރީ އަށް ލިބޭ ކޮންމެ ގެއްލުމަކީ މާމިގިލީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ޖެނުއަރީ 2018 | ހޮނިހިރު 12:30
އަލީ
ބަނގުރަލަކީ ހަމައެކަނި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކުރާއެއްޗަކަށްވެފައި، އެތަކެއްޗަކީ ތަކެތި ދޫކުރެވޭއިރު ވަކިތަނަކަށް ގެންދިއުމަށް އިޤުރާރުކުރުމަށްފަހު، ހަމައެކަނި އެތަނެއްގައި ބޭނުންކުރުމަށް ދޫކުރެވޭ އެއްޗަކަށްވެފައި، އެނޫން ތަންތަނަށް އެތަކެތި ގެންގޮސް ވިއްކާ ނުވަތަ ބޭނުންކޮށް ހެދުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. ކަސްޓަމްސް އިން މިހާތަނަށް ބެލިބެލުމުންވެސް އެ 4 ރިސޯޓަށް ޤަވާޢިދާއި ޚިލާފަށް ގިނަ ޢަދަދަކަށް ބަނގުރާ ގެންގޮސް ބޭނުންކުރަމުންގެންދާކަންވަނީ ސާބިތުވެފައެވެ. މިދެންނެވީ ޤާސިމު ކޮށްގެން އުޅޭ އޮޅުވާލުމާ މަކަރުހެދުމާ ޤާނޫނާ ޚިލާފުކަންތައް. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް ޙަޤީޤަތަކީމީ. އަދި ޤާސިމްގެ ރިސޯރޓްތަކަށް ކަސްޓަމްސްއިން އަރާ ފާސްކުރަން ފުރުސަތު ލިބިގެން އެއުޅެނީ ޤާސިމް މީރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންކަން. އެފައިސާއަކީ ރައްޔިތުންގެ އެއްޗެއް.
20 ޖެނުއަރީ 2018 | ހޮނިހިރު 12:11
ދޮންމަނިކުބޭބެ