ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 19:04
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަޙުމަދު ސަމީރު: ފުލުހުންނާއި ކަސްޓަމް އޮފިސަރުންނާއި މީރާގެ އޮފިޝަލުން ބޭނުންކޮށްގެން ހިންގާފައިވާ މި އަމަލަކީ ޤާސިމް އިބްރާހިމްގެ ވިޔަފާރި ނެތިކޮށްލުމަށް ހިންގާފ
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަޙުމަދު ސަމީރު: ފުލުހުންނާއި ކަސްޓަމް އޮފިސަރުންނާއި މީރާގެ އޮފިޝަލުން ބޭނުންކޮށްގެން ހިންގާފައިވާ މި އަމަލަކީ ޤާސިމް އިބްރާހިމްގެ ވިޔަފާރި ނެތިކޮށްލުމަށް ހިންގާފ
މުހައްމަދު ޝަރުހާން
ވިލާގެ ރިސޯޓްތަކަށް އެރުން
ޤާސިމްގެ ރިޒޯޓްތަކަށް ފުލުހުންނާއި ކަސްޓަމާއި މީރާ އެރުވީ މިނިސްޓަރ ސައީދު، ޒާތީ ރުޅިވެރިކަމެއްގައި: ސަމީރު
މިއީ ދަށު ދަރަޖައިގެ ފިނޑި އަމަލެއް: ސަމީރު
ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިވި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ބަދަހި ގުޅުމަށް ބުރޫއެއް ނާރާނެ: ސަމީރު
މިއި ސީދާ ޤާސިމް އިބްރާހިމްއަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: ޕާޓީތައް

އުސޫލާއި ޚިލާފަށް ރަލުގެ ވިޔަފާރިކުރާކަމަށް ތުޙުމަތުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ފަސް ރިސޯޓަކަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންނާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފިޝަލުން އަރައި، އެރަށްތައް ފާސްކުރީ، ޤާސިމް އިބްރާހިމާމެދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގެންގުޅުއްވާ ހަސަދަވެރި ކަމަކާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ގެންގުޅުއްވާ ޒާތީ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށް، ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަޙުމަދު ސަމީރު ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންނާއި މީރާގެ އޮފިޝަލުން ބޭނުންކޮށްގެން ހިންގާފައިވާ މި އަމަލަކީ ޤާސިމް އިބްރާހިމްގެ ވިޔަފާރި ނެތިކޮށްލުމަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ، ފިނޑި އަމަލެއް ކަމަށެވެ.

"މި އަމަލަކީ ރައީސް ޔާމީންގެ ހަސަދަވެރިކަމާއި، އިކޮނޮމިކް މިނިސްތަރ މުޙައްމަދު ސައީދުގެ ޒާތީ ރުޅިވެރިކަމުގަ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ވިޔަފާރި ނެތިކޮށްލުމަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގަ އަޅުގަނޑުމެން މިކަން ފާހަގަ ކުރަނީ. އަދި ފިނޑި އަމަލެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން ފާހަގަކުރަނީ. މި ދެބޭފުޅުންގެ މަޤާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރައްވައިގެން، ނަހަމަ ގޮތުގައި (ނުފޫޒުގެ ބޭނުން) ހިފައިގެން ހިންގާފައިވާ އިޤުތިޞާދީ ބޮޑު ޖަރީމާއެއް ކަމަށާ، އަދި އެކަންކަން ގުޅިފައިވާ ޕާޓީތަކުން ކުށްވެރިކުރަން"، ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ، ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ މޯލްޑިވްސް ކަސްޓަމްސްއިން ކަމަށްވާއިރު އެ މުއައްސަސާއަކީ ސީދާ އިކޮނޮމިކް މިނިސްޓަރގެ ބެއްލެވުމުގެ ދަށުން ހިންގާ ތަނެއް ކަމަށެވެ. ސަމީރު ވަނީ މިނިސްޓަރ ސައީދަކީ "ކާން ދިން އަތުގައި ދަތް އެޅި" ބޭފުޅެއް ކަމަށް ވިދާޅުވެ މިނިސްޓަރ ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު މިނިސްޓަރުކަމަށް ވަޑައިގަތީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައިކަން ސަމީރު ފާހަގަކުރެއްވިއެވެ.

ސަމީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިވި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ބަދަހި ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ހުރިހާ ޕާޓީތަކުންވެސް ވަނީ ފުލުހުންނާއި ކަސްޓަމްސް އާއި މީރާގެ މުވައްޒަފުން ލައްވައި ސަރުކާރުން ކުރި ކަމަކީ ސިޔާސީ ކަމެއް ކަމަށާއި، އެއީ ސީދާ ޤާސިމް އިބްރާހިމްއަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް، ސަރުކާރުގެ އަމަލުތައް ކުށްވެރި ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 ޖެނުއަރީ 2018 | ހޮނިހިރު 12:11
ދޮންމަނިކުބޭބެ
ބަނގުރަލަކީ ހަމައެކަނި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކުރާއެއްޗަކަށްވެފައި، އެތަކެއްޗަކީ ތަކެތި ދޫކުރެވޭއިރު ވަކިތަނަކަށް ގެންދިއުމަށް އިޤުރާރުކުރުމަށްފަހު، ހަމައެކަނި އެތަނެއްގައި ބޭނުންކުރުމަށް ދޫކުރެވޭ އެއްޗަކަށްވެފައި، އެނޫން ތަންތަނަށް އެތަކެތި ގެންގޮސް ވިއްކާ ނުވަތަ ބޭނުންކޮށް ހެދުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. ކަސްޓަމްސް އިން މިހާތަނަށް ބެލިބެލުމުންވެސް އެ 4 ރިސޯޓަށް ޤަވާޢިދާއި ޚިލާފަށް ގިނަ ޢަދަދަކަށް ބަނގުރާ ގެންގޮސް ބޭނުންކުރަމުންގެންދާކަންވަނީ ސާބިތުވެފައެވެ. މިދެންނެވީ ޤާސިމު ކޮށްގެން އުޅޭ އޮޅުވާލުމާ މަކަރުހެދުމާ ޤާނޫނާ ޚިލާފުކަންތައް. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް ޙަޤީޤަތަކީމީ. އަދި ޤާސިމްގެ ރިސޯރޓްތަކަށް ކަސްޓަމްސްއިން އަރާ ފާސްކުރަން ފުރުސަތު ލިބިގެން އެއުޅެނީ ޤާސިމް މީރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންކަން. އެފައިސާއަކީ ރައްޔިތުންގެ އެއްޗެއް.
19 ޖެނުއަރީ 2018 | ހުކުރު 23:43
ޙުސެންބެ
Sawed.adheega huttas adhi mmatheega huttas gasim eba jehey eynage kokomenna vazeefaa dheegen genngulhe n. Thikamuge adeega thibeee Saeed and siyaam.
19 ޖެނުއަރީ 2018 | ހުކުރު 20:12
Hameed
Mr. Sameer for your kind information. Customs is not under Ministry of economic development or Minister Saeed.