ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 19:05
ދިވެހިންގެ ބަޔަކާއި ހާމުދުރުންނާ ޖެހުނު މައްސަލައާ ގުޅުން ފުލުހަކު އެ މީހުންނާ ވާހަކަ ދައްކަނީ
ދިވެހިންގެ ބަޔަކާއި ހާމުދުރުންނާ ޖެހުނު މައްސަލައާ ގުޅުން ފުލުހަކު އެ މީހުންނާ ވާހަކަ ދައްކަނީ
ހުސެން ފިޔާޒް
ހާމުދުރުން
މާލެ އައިސް އުޅުނު ދެ ހާމުދުރަކަށް ހަމަލާދޭން އުޅެފި
ފުލުހުން ވަނީ އެ މީހުންނަށް ރައްކާތެރިކަން ދީފައި

ރާއްޖެއަށް އައިސް އުޅޭ ބުދުދީނުގެ ދެ ހާމުދުރަކަށް ބަޔަކު މީހުން ހަމަލާދޭން އުޅެފި އެވެ.

ސްރީ ލަންކާގެ އެ ރައްޔިތުންނަށް ހަމަލާދޭން އުޅުނީ އެ މީހުން ޗާންދަނީ މަގުގައި ތިއްބަ އެވެ. މަންޒަރު ފެނުނު މީހަކު ބުނި ގޮތުގައި ހާމުދުރުންނަށް ހަމަލާ ދިނުމުގެ ކުރިން ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންނަށް ރައްކާތެރިކަންދިނެވެ. އެއަށް ފަހު، ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔަ  ކަމަށް ވެސް އޭނާ ބުންޏެވެ. 

 

ހާމުދުރުން ޗާންދަނީ މަހުގައި 

އެ މީހުން ޕޮލިހުންގެ ވެހިކަލަށް އަރުވައިގެންދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގޭ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
21 ޖެނުއަރީ 2018 | އާދީއްތަ 00:32
ރޮހިންގާ
ރޮހިންގާ ނައްތާލާފަ ރާއްޖެއާ ދިމާކުރީތަ؟
20 ޖެނުއަރީ 2018 | ހޮނިހިރު 12:16
ސިފާނާ
އެހެންދީންތަކަށް ރާއްޖޭ ފުރުސަތު ދެވިގެންނުވާނެ މިއީ ވަރަށް ނުރްއްކާވެދާނެކަމެއް މިކަހަލަކަންތައް ސަރުކާރު ހުއްޓުވަންޖެހޭނެ