ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 23:09
ާޢަލީ ވަހީދު: މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި
ާޢަލީ ވަހީދު: މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި
ޓްވިޓަރ
އަލީ ވަހީދު
މަޓީއަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާންތިބޭ ބަޔަކަށް ވެގެން ނުވާނެ:އަލީ ވަހީދު
ޓުއަރިޒަމް އިންޑަސްޓްރީގެ ހިމާޔަތުގައި މަޓީގެ ދަތްޕިލައިގައި ދަތް ހުންނަން ޖެހޭނެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ވިލާގެ ރިސޯޓް ތަކަށް ފުލުހުންނާއި ކަސްޓަމްސް އަދި މީރާގެ ފަރާތުން ކުއްލިގޮތަކަށް އަރާ ޗެކް ކޮށްފައި ވަނިކޮށް އަލީ ވަހީދު ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޓީއަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާން ތިބޭ ބަޔަކަށް ވެގެން ކަމަކު ނުދާނެ ކަމަށެވެ. ޓުއަރިޒަމް އިންޑަސްޓްރީގެ ހިމާޔަތުގައި މަޓީގެ ދަތްޕިލައިގައި ދަތް ހުންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ވިލާ ކުންފުނީގެ ރިސޯޓްތަކަށް އެރިއެރުމަށް އިޝާރާތް ކުރައްވާ އެޓްވީޓުގައި ޢަލީ ވަހީދު ވިދާޅުވީ މަޓީގެ ބޭފުޅުންގެ ހަނު ހުރުމަކީ، ސިޔާސީ ކޮށި ވިސްނުންތެރިންނަށް ގޯސް ހަދަން ދެވޭ ވިސާއެއް ނޫން ކަމަށެވެ. އަދި މިއަދު ވިލާ ކަމަށާއި މާދަމާ ކޮންތަނެއްތޯ ޢަލީ ވަހީދު ވަނީ ސުވާލު އުފައްދަވާފައިވެއެވެ.

ބުދަ ދުވަހުގެރޭ ވަރަށް ކުއްލި ގޮތަކަށް ވިލާގެ ރިސޯޓް ތަކަށް އަރާފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް