ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 18:41
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ރައީސް ނަޝީދު ޓްވީޓް
މިއީ އިންތިޚާބުގެ އަހަރު ސަރުކާރުން ކަންކުރަންވާނެ ގޮތެއް ނޫން: ރައީސް ނަޝީދު
ރައީސް ނަޝީދުވަނީ ފާރިސް ހައްޔަރުކޮށްފައިވާތާ 6 މަސް ވުމުން ކަންބޮޑުވުން ފާޅުކުރައްވާފައި
ރައީސް ނަޝީދު ހުންނެވީ ގައުމުން ބޭރުގައި
އިދިކޮޅުފަރާތްތަކުން އެކީގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައި

ޤާނޫނާއި ޚިލާފަށް މެމްބަރުންނާއި އިދިކޮޅު ފަރާތްތައް ޖަލަށް ލައި، މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށާއި، މިއީ އިންތިޚާބުގެ އަހަރަކަށް ސަރުކާރުން ރާއްޖެ ގެންދަން ޖެހޭ ގޮތް ނޫން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވާތާ 6 މަސްވެފައިވާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ މަދަނީ އަދި ސިޔާސީ ހައްޤުތައް ލިބިދޭން ޖެހޭނެ ކަމަށާއި، އެހައްޤުތައް ގެއްލިފައިވާ ފަރާތްތަކަށް އަހައްޤުތައް އިއާދަކުރެވެން ޖެހޭނެ ކަމަށެވެ.

ރިޝްވަތުގެ ތުހުމަތުގައި މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައިވާއިރު، ފާރިސް ބަންދު ކުރިތާ 180 ދުވަސް ވުމާއި ގުޅިގެން އާދިއްތަ ދުވަހު ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ ފާރިސްއަށް ލިބެމުންދާ އަނިޔާގެ ފަހަތުގައި ތިބި ފަރާތްތަކަށް އެކަމުގެ އަދަބު ދާދި އަވަހަށް ލިބޭނެ ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް ފާރިސް ބަންދުކޮށްފައިވާއިރު، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިތާ މަސްތަކެއްވަނީ ވެފައެވެ. އެހެން ނަމަވެސް މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް