ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 18:36
ޑޯރިސް އާއި ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެކު ބައްދަލުވުމުގެ ތެރެއިން
ޑޯރިސް އާއި ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެކު ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
ރާއްޖެ-އިނގިރޭސިވިލާތް
2018 އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ބޮޑު އަހަރެއް ކަމުގައި ވެގެންދާނެ: ޑޯރިސް
ޑޯރިސް މިހެން ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އިސް އޮފިޝަލުންނާ އެކު އެމަނިކުފާނު ސްރީލަންކާގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު

2018 އަކީ ރާއްޖޭ ޑިމޮކްރަސީގެ ހަޔާތުގައި ބޮޑު އަހަރެއް ކަމުގައި ވެގެންދާނެ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ސަފީރު ޑޯރިސް މިހެން ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އިސް އޮފިޝަލުންނާ އެކު އެމަނިކުފާނު ސްރީލަންކާގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. ޑޯރިސްގެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ، 2018 ގައި ރާއްޖޭގެ އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބުވެގެންދާ ކަމަށް ވިދާޅުވެ ރާއްޖޭގޭ އިދިކޮޅު ފާޓީތަކުގެ ބޭފުޅުން ކަންބޮޑުވުންފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ދިއުން ހުއްޓުވާފައިވާ ކަމުގެ ކަންބޮޑުވުންވެސް ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އޮފިޝަލުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ ގުޅޭ ގޮތުން ސާފު ނިންމުމެއް ނެރެދެއްވުމަށް އެދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް