ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 13:50
އެމެރިކާއިން ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަތުލް ކެޝަޕް 
އެމެރިކާއިން ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަތުލް ކެޝަޕް 
އެމެރިކާގެ އެމްބެސެޑަރ
އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަޖިލީހުގެ މެމްބަރުން ޖަލްސާތަކަށް ހާޒިރުވާންޖެހޭ: ކެޝަޕް 
އަތުލް ކެޝަޕް  މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ހާޒިރުވެ އެ މްމެބަރުންގެ މަސްއޫލިއްޔަތު އަދާކުރެވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަތުލް ކެޝަޕް  މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ކެޝަޕް  ޓްވީޓުކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ ގުޅޭ ގޮތުން ސާފު ނިންމުމެއް ނެރެދެއްވުމަށް އެދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ކެޝަޕްގެ މިޓްވީޓުގައި އިދިކޮޅު ފަރާތްތަކާއި ސިޔާސީ ޕާޓީތައް ވަނީ ޓެގްކުރައްވާފައެވެ.

ކެޝަޕް ވަނީ މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނާއި ގަވާއިދާއި އެއްގޮތަށް މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް