ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 13:27
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރާއްޖެއެމްވީ
ޑރ ޖަމީލު ޓްވީޓް
ރައީސް ޔާމީން ބަދަލު ދެއްވަނީ ހުއްޓުމެއް ނެތި އަނިޔާ ދެއްވަމުން: ޑރ. ޖަމީލު
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަަކައި ގާސިމް ކުރެއްވި މަސައްކަތުގެ ބަދަލު ދެއްވީ ހުއްޓުމެއް ނެތް އަނިޔާ އިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެހެން ފަރާތްތަކުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށްޓަކައި ކުރެއްވި މަސައްކަތުގެ ބަދަލު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްވަނީ ހުއްޓުމެއް ނެތި އަނިޔާ ދެއްވަމުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނޭވާ ހޮޅިއަށް ދިޔުމުން ވިޔަފާރީތަކަށް އަރައިގަތުމުގެ ސަގާފަތުން ލިބުނު މޮޅެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ.

 

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބުދަ ދުވަހުގެރޭ ގާސިމް އިބްރާހިމްގެ ހުރިހާ ރިސޯޓްތަކެއް ބަލާ ފާސް ކޮށްފައެވެ.

ކޯޓު އަމުރަކާ އެކު ފުލުހުން ފާސްކުރީ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ފަން އައިލެންޑް ރިސޯޓެވެ.

ކޯޓުން ނެރެފައިވާ އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

ވިލާ ގްރޫޕްގެ އެއްވެސް ރިސޯޓަކުން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ފުލުހުންނާ އެކު ކަސްޓަމްސް އާއި މީރާ އިން ރިސޯޓްތަކަށް އެރީ ބިރު ދެއްކުމަށް ކަމަށް ވިލާ ކުންފުނިން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް