ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 12:43
ކަސްޓަމްސްއިން ހޯދައި ފުލުހުންނާ ހަވާލުކޮށްފައިވާ މަސްތުވާތަކެތި
ކަސްޓަމްސްއިން ހޯދައި ފުލުހުންނާ ހަވާލުކޮށްފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ އުމުރުން 50 އަހަރުގެ ފިރިހެނެއް

ފޯސްޓުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އުމުރުން 50 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޖެނުއަރީ 16 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެނައި ޕާރުސަލަކާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އެ ޕާރުސަލް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ގަނޑު ފެނުމާ ގުޅިގެން އެތަކެތި ފުލުހުންނާ ހަވާލުކުރުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް