ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 12:12
ފަރަށް އެރި ދޯނި
ފަރަށް އެރި ދޯނި
އެމްއެންޑީއެފް
ދޯންޏެއް ފަރަކަށް އެރުން
19 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަކަށް އަރައިފި
އެ ދޯނީގައި ތިބީ އަންހެނަކާއި 18 ފިރިހެނުން
ފަރަށް އެރީ ދ. އަތޮޅު ނިޔާމަ ރިސޯޓުގެ ސަޕްލައި ދޯނި
ބުރާސްފަތި ދުވަހު ހެނދުނު 10 ޖެހިއިރު އެ ދޯނީގައި ދަތުރުކުރި މީހުން ވަނީ މާލެ ގެނެސްފައި

ރިސޯޓަކުން ފުރައިގެން 19 މީހުންނާ އެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ދ. އަތޮޅު ނިޔާމަ ރިސޯޓުން ފުރައިގެން މާލެ ދަތުރުކުރި އެ ރިސޯޓުގެ ސަޕްލައި ދޯނި، ވ. ފުލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލުމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ރޭ ފަތިހު 05:20 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި 18 ފިރިހެނަކާއި އެއް އަންހެނަކު ދަތުރުކުރަމުންދިޔައެވެ. މި ދޯނިން ދަތުރުކުރި މީހުން ވ. ފެލިދޫގައި އޮންނަ ސީއެމްބިއުލޭންސްގައި ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހިއިރު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

މާކޯ ޕޯލޯ ނަމަކައްކިޔާ 90 ފޫޓުގެ މި ދޯނިން ދަރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް