ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 11:36
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ގާސިމްގެ ރިސޯޓްތަކަށް ފުލުހުން އެރިނަމަވެސް ތިޔަ ގެއްލުން ދެވެނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް: ރައީސް ނަޝީދު
ފުލުހުންނާ އެކު ކަސްޓަމްސް އާއި މީރާގެ މުވައްޒަފުން ވެސް ދަނީ ހަރަކާތެރިވަމުން
ކޯޓު އަމުރުގެ ބާރު މިމަހުގެ 16 އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ދީފައިވޭ
ހެނދުނު 06:00 އިންފެށިގެން ދުވާލާއި ރޭނގަޑު ހިމެނޭގޮތަށް 18 ގަޑިއިރަށް ބަލާފާސް ކުރަން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ފުލުހުން އަރުވައިގެން މިސަރުކާރުން ކުރަމުންދާ ކަންކަންމުން ގެއްލުންވާނީ ހަމައެކަނި ގާސިމްއަށް ނޫން ކަމަށާއި އެއީ މުޅި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަނގުރާ ހުރިކަމަށް ބުނެ، ސިޔާސީ ބޭނުމަށް ރިސޯޓްތަކަށް ފުލުހުން ފޮނުވައިގެން ފަތުރުވެރިން ބިރު ގެންނެވުމުން ގެއްލުން އެ ދެވެނީ މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އަދި މިކަން ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ފުލުހުން އެހީތެރިކަން ދެމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް