ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 09:28
މާޒު ސަލީމް: މަގާމުން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރޭ
މާޒު ސަލީމް: މަގާމުން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރޭ
ޓްވިޓަރ
މާޒު ސަލީމް
މާޒު ސަލީމް ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިކޮށްފި
ސަލީމް ވަނީ މެޑަމް ފާތުންގެ މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާފައި

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ގެ މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރިކަމުގެ ޗިޓު އިއްޔެ ހަވީރު ވަނީ ފޮނުވާފައެވެ. ހޯމް މިނިސްޓްރީގައި މާޒު ސަލީމް އުޅުއްވަނީ ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތައް، އިންތިޒާމު ކުރުމުގައެވެ. ހޯމް މިނިސްޓްރީގެ ފަރާތުން އިސްކޮށް އެކަންތައްތަކުގައި އުޅުއްވަނީ ސަލީމެވެ.

ނަމަވެސް ސަލީމް ފަހަކަށް އައިސް އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ އެކު ކެމްޕެއިންގައެވެ. އެހެން ނަމަވެސް މެޑަމް ފާތުން ދާދި ފަހުން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސަލީމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މެޑަމް ފާތުންގެ ދަތުރުފުޅުތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގަންނަވާ ސަލީމް، ކުޅުދުއްފުއްޓަށް ވަޑައިނުގެންނެވި ސަބަބެއް ނޭނގެއެވެ.

ސަލީމް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ހޯމް މިނިސްޓްރީން ވެސް އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނުކުރިއެވެ.

މަގާމުން ވަކިކުރި ސަބަބު ހޯދާލުމަށް، ސަލީމަށް ގުޅާލުމުން ވިދާޅުވީ ރާއްޖެޓީވީއާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ފަސް ބޭފުޅުން މިހާރު ވެސް ތިއްބަވައެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ އަދަދަކީ ތިނެކެވެ. ރައީސް ޔާމިން އައްޔަން ކުރައްވާފައިވާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 800 އަށް ވުރެ ގިނައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖެނުއަރީ 2018 | ބުރާސްފަތި 11:29
ގޭންގު
ދެން ގޭންގެއް ހަދާ، އެއިރުން ލާރިކޮޅެއް ލިބިދާނެ އަނެއްކާވެސް