ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 07:08
ދަރުމަވަންތަ ސްކޫލްގެ ކުރިމަތީގައި ފުލުހުން ފޯރިމަރަނީ
ދަރުމަވަންތަ ސްކޫލްގެ ކުރިމަތީގައި ފުލުހުން ފޯރިމަރަނީ
މިއުވާން މުހައްމަދު
ސްކޫލް މާރާމާރީ
ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ޙަމަލާތާކަށް ފަހު ސްކޫލްތަކުގައި ފުލުހުން ފޯރިމަރަނީ
ފުލުހުން ތިބީ ވެސްޓް އަޅައިގެން

އަންގާރަ ދުވަހާއި ބުދަ ދުވަހު ސްކޫލް ކުދިންނަށް ދިން ޙަމަލާތަކަށް ފަހު ދަރުމަވަންތަ ސްކޫލާއި ތާޖުއްދީން ސްކޫލްގައި ފުލުހުން ފޯރި މަރަން ފަށައިފިއެވެ.

ތޫނު އެއްޗެހިން ހަމަލާދިނަސް ފޫއަޅައިގެން ނުދާ ވެސްޓް އަޅައިގެން ފުލުހުން ދަރުމަވަންތަ އަދި ތާޖުއްދީން ސްކޫލްގައި ހަރަކާތަތެރިވާން ފަށާފައި މި ވަނީ އެ ދެ ސްކޫލްގެ ދަރިވަރުންނަށް މިހަފްތާގެ ތެރޭގައި ދިން ޙަމަލާތަކަަށް ފަހުއެވެ. 

އަންގާރަ ދުވަހު ގްރޫޕަކުން ތާޖުއްދީން ސްކޫލްގެ ތެރެއަށް ވަދެ އެސްކޫލްގެ ދަރިވަރަކަށް ޙަމަލާދީފައިވާއިރު، ބުދަ ދުވަހު މެންދުރު ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ސްކޫލް ނިންމާފައި ގެޔަށް ދަނިކޮށް ލިލީ މަގުން ވަނީ ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައެވެ.

ބުދަ ދުވަހު ދަރުމަވަންތަ ސްކޫލްގެ 14 އަހަރުގެ ދަރިވަރެއްގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އޭނާގެ ބޮލަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އަތުގެ އަނގިލިތައް ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ބުނެއެވެ. 16 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅޭ މި ދަރިވަރަށް ޙަމަލާ ދިނީ 5 މީހުންގެ ގްރޫޕަކުން ކަމަށް އާއިލާއާ ހަވަލާދީ ބައެއް މީޑިއާތަކުން ބުނެއެވެ.

އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ހަމަލާތަކަށް ފަހު ބުދަ ދުވަހުގެ ހަވީރު ސެޝަން ނިމުނު ގަޑީގައި ވެސް ގިނަ އަދަދެއްގެ ފުލުހުން ޑިއުޓީއަށް ސްކޫލްތައް ކައިރިއަށް ނެރުނެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު ސެޝަން ފެށުނުއިރު ވެސް ގިނަ އަދަދެއްގެ ފުލުހުން ސްކޫލްތައް ކައިރީގައި ޙަރަކާތްތެރިވަމުން ދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ޖެނުއަރީ 2018 | ހުކުރު 08:44
ވެއްޑަ
ލޮލް! ތިހެން ބުނެލާފަ ފޯރިމެރީމަ ކަމެއްވޭތަ؟ ހާދަ ސިކުނޑީގެ ތެޔްކަމެއްނެއް ސްޓްރެޓެޖީއެއް!