ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 04:09
ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް
ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް
ގޫގުލް
ޢަބްދުﷲ ރިޔާޒް
ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ: ރިޔާޒް
ކުރިއެކޭ އެއްގޮތައް ސްކޫލް ތަކަށް ޚާއްޞަ ފުލުހުން ތައާރަފް ކުރަން ޖެހޭ
މިހާރުވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނާ ފައިސާގެ މުއާމަލާތް ހިންގާ ތަންތަނުގައި ފުލުހުން ތިބޭ
ދެ ދުވަސް ތެރޭ 2 ދަރިވަރަކު ވަނީ ޒަޚަމް ކޮށްލާފައި

ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގައި މިހަފްތާގެ ދެދުވަހު ހިނގި ނުރައްކާތެރި މާރާމާރީތަކަށް އިޝާރާތް ކުރައްވާ ޢަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކޫލް ތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވޭނީ މީގެކުރިން ތައާރަފްކޮށްފައިވާ ގޮތައް ސްކޫލްތަކަށް ޚާއްޞަ ފުލުސް އޮފިސަރުންގެ ޚިދުމަތް އަލުން ފަށައި ސްކޫލްތަކާއި ގުޅިގެން ހޭލުންތެރިކަމުގެ މަސައްކަތްތަކެއް ދެމެހެއްޓެނިވި ގޮތުގައި ކުރެވިގެން ކަމަށެވެ. އަދި ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވާއިރު މިހާރުވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނާއި މީރާއާއި ބޭންކް ފަދަ ފައިސާގެ މުއާމަލާތް ހިންގާ ތަންތަނުގައިވެސް އެކަމަށް ޚާއްޞަ ފުލުހުން ބައިތިއްބާފައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަންވެސް ކުރައްވާ ރިޔާޒް މިގޮތައް ވިދާޅުވެފައި މިވަނީ ތާޖުއްދީން ސްކޫލް ތެރެއަށް ވަދެ ދަރިވަރަކަށް ހަމަލާ ދިނުމުގެ އިތުރުން ދަރުމަވަންތަ ސްކޫލް ދަރިވަރަކު ސްކޫލު ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ތޫނު އެއްޗެހިން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް