ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 15:35
ބީޗް ކުރޫޒަރ ބޯޓް ރަށެއްގެ ބަނދަރުގައި މަޑުކޮށްލައިގެން: ލަގްޒަރީ މި ފެރީ ބޯޓަކީ ވަރަށް ފުރިހަމަ ބޯޓެއް
ބީޗް ކުރޫޒަރ ބޯޓް ރަށެއްގެ ބަނދަރުގައި މަޑުކޮށްލައިގެން: ލަގްޒަރީ މި ފެރީ ބޯޓަކީ ވަރަށް ފުރިހަމަ ބޯޓެއް
މުރުޝިދް އަބްދުލް ހަކީީމް
ބީޗް ކުރޫޒަރ
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!
ބޯޓު އެއްކޮން ހުންނަނީ އޭސީ ކޮށްފައި
މި ބޯޓުގައި އެކި ބްލޮކްތައް ތަފާތު
ކޮންމެ މީހަކަށް ވަކި ޖާގައެއް ހާއްސަކޮށްފައި ހުރޭ

ޅ .އަތޮޅު ހިންނަވަރަށް ދިއުމަށް އެދުވަހު އެ ބޯޓަށް އެރީ އެރަށަށް އެދުވަހު ދާން އޮތް ލޯންޗް ކެންސަލް ވީމަ އެހެން ގޮތެއް ނެތިގެންވެ. ދިގު ދަތުރެއް ކޮށްފައި ދާން ޖެހުމަކީ އެހާ ކުރަން ބޭނުންވި ކަމަކަށް ނުވިއަސް އެނޫން ގޮތެއް އެ ދުވަހު ނެތީއެވެ. ކަމުގެ ބޮޑު ކަމުން ކޮންމެހެން ވެސް ދާން ޖެހޭތީ މީހަކު ދަތުރުގެ ކަންކަން ހަމަ ޖައްސައިދީފައި ބޯޓު އޮތްތަން ބުނުމުން ތުން ދަމައިގެން ހުރެ ގޮސް އެ ބޯޓަށް އެރީ ދެން މި ފަހަރު ހުރިގޮތް ކަމަށް ބަލައިގެންނެވެ. ނަމަވެސް ބޯޓަށް އެރުމުން އެނގުނީ މިއެރުނީ އަތޮޅުތަކަށް ދަތުރުކުރާ ބައްތެއްޔަކަށް ނޫން ކަމެވެ. މިއީ ފައްކާ "ސަފާރީ" އެކެވެ. މިއީ "ބީޗް ކުރޫޒަރ" ގެ ހިތްގައިމު ވާހަކައެވެ.

ބޯޓުގެ އެތެރެއަށް ވަދެވުމާ އެކު، ކުރިން ހިތަށް އެރި ހުރިހާ އެއްޗެއް އެއީ ހީއެއް ކަން ޔަގީންވެއްޖެއެވެ. ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ބޮޑު ކަމުން ދަތުރު ފެށުމާ އެކު ދައުތުރާ ބެހޭ ގޮތުން ރިޕޯޓެއް ގެނެސްދިނުމުގެ ހިޔާލު އުފަންވިއެވެ. ބީޗް ކުރޫޒަރއަކީ މާލެ އާއި ރަށްރަށާ ދެމެދު ކުރާ ދަތުރުތަކަށް އިންގިލާބެއް ގެނުވި ބޯޓެކެވެ. މުދާއުފުލާ ބޯޓު ފަހަރުގެ ފަލްކާ ތެރޭގައި ދަތުރުކުރަން ޖެހުނު ދުވަސްތައް މަތިން ހަނދާން ނައްތާލި ފަހި ދަތުރެއްގެ ފުރުސަތު ތަނަވަސްވެގެން ދިޔަ ބޯޓަކަށެވެ. މިއީ ރާއްޖޭގެ އަތޮޅުތަކާއި މާލެއާ ދެމެދު ދަތުރުކުރުމަށް ހާއްސަކޮށްފައިވާ ލަގްޒަރީ ފެރީ ބޯޓެކެވެ. މި ބޯޓު ދަތުރުކުރާތާ މިހާރު ތިން އަހަރުވީ ނަމަވެސް އޭގެ މަގުބޫލުކަން ނުގެއްލެއެވެ. އެންމެ ބޮޑު ސަބަބަކީ އަތޮޅު ތެރެއަށް ދަތުކުރާ މިފެންވަރު އެހެން ބޯޓެއް ނެތުމެއެވެ. 

"ބީޗް ކުރޫޒަރ" ގެ އެތެރެ: މި ބޯޓަކީ އަތޮޅުތެރެއަށް ދަތުރުކުރާ ހިތްފަސޭހަ ބޯޓެއް

ބޯޓުގެ ހިތްގައިމު އެތައް ކަމެއް ފާހަގަ ކުރެވުނެވެ. ހިތްފަސޭހަކަމަކީ މުޅި ބޯޓު އޮތީ އޭސީ ކޮށްލާފައެވެ. ފަސިންޖަރުންނަށް ތިބެވޭނެ ގޮތަށް ބޯޓުގެ ތިން ފަންގިފިލާއެއް ހުރިއިރު ކޮންމެ ބައެއް ހުރީ އޭސީ ކޮށްފައެވެ. ފަސިންޖަރުން ތިބޭ ކޮންމެ ބައެއްގައި ކޮންމެ މީހަކަށް ވެސް ހާއްސަ ވަކި ބެޑެއް ހުރެއެވެ. ތަފާތު އެކި އެކޮމޮޑޭޝަން ބްލޮކްތައް ހުރީ ތަފާތު ގޮތް ގޮތަށެވެ. ފަސިންޖަރުން ހިތް ހަމަޖެހޭނެ ގޮތްތަކަށެވެ.

ބޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދެ އިންޖީނު އެބޯޓުގައި އަޅާފައި ހުރެއެވެ. ބޭނުމަކީ ކަނޑުމަތިން އިންޖީނުގެ މައްސަލައެއް ޖެހުނު ނަމަވެސް އަނެއް އިންޖީނު ހިންގައިގެން މަންޒިލަށް ވާސިލްވުމެވެ. ދަތުރުކުރާ ފަރާތްތަކުން ބޭނުން ނަމަ ޕްރައިވެޓް ރޫމެއް ވެސް ނެގިދާނެއެވެ. އެ ކޮޓަރިތައް ވެސް އެހާ ހިއްފަސޭހައެވެ. ފާހަނާ އާއި ކޮޓަރިތައް އެހާމެ ސާފުތާހިރެވެ. ކޮންމެ ތަނެއްގައި ތިބި ނަމަވެސް ޓީވީ ފެންނަން ހުންނައިރު ބޯޓުދާ މިސްރާބާއި ދަތުރުގެ ބާކީ އޮތް މިންވަރު ބޯޓުގައި ހަރުކޮށްފައިވާ ސްކްރީނުން އެހުންނަނީ ފެންނަންށެވެ. ދެން އޮތީ ބޯޓުގެ ސަންޑެކް ނުވަތަ އެންމެ މައްޗެވެ. އެތާ ތިބޭއިރު ހީވަނީ ސަފާރީއެއްގެ މަތީގައި ތިބެވޭހެންނެވެ. އެހާ ވެސް ހިތްފަސޭހައެވެ.

ބީޗް ކުރޫޒަރ ޝީޓްތައް: ބޯޓުގައި ޓީވީ ބެލޭނެ އިންތިޒާމް ހުންނައިރު ބޯޓު ހުންނަނީ އޭސީކޮށްފައި 

ބޯޓުގައި ނަމާދުކުރެވޭނެ ވަކި ކޮޓަރިއެއް ހާއްސަކޮށްފައި ހުރިއިރު ކަނޑުމަތީ ހުރެ ވެސް އަޅުކަން ފުރިހަމަ ކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައި ހުރެއެވެ. ބޯޓު ތެރެ އެކި ކުލަތަކުން ދިއްލާ އަޅާފައި ހުންނައިރު ދަތުރު ދިގުވެގެން މީހަކު އުޅޭކަށް ނުޖެހެއެވެ 

މެންދުރު ކާގަޑި ޖެހުމާ އެކު ހަދާލި ބުފޭގައި ހުރީ ދިވެހި ކެއުމެވެ. ބޯޓުގައި މީހުނަށް ކެއުން ތައްޔާރުކޮށްފައި ހުންނަނީ ބުފޭގައެެވެ. ކުޅަދާނަ ކައްކާއެއް ކަމަށް ބެލެވެއެވެ. ދަތުރުގެ ޚަރަދާ ބަލާފައި އެއީ ހަމަ އެއްވަނައިގެ ކެއުމެކެވެ.

މި ބޯޓަކީ ދ. ކުޑަހުވަދޫ ބޯޓަކަށް ވިއަސް މި ބޯޓު ޅ. އަތޮޅާއި ހދ. އަތޮޅުގައި ވެސް އަދި ކޮންމެ ހިސާބެއްގައި ވެސް ދަތުރުކޮށްލަނީ ފަސޭހަ ކަމާއެކުއެވެ. ދަތުރުތަކުގެ ޝެޑިއުލް އެ ބޯޓުގެ ފޭސްބުކް ޕޭޖްގައި ކުރިޔާލާ އިއުލާނުކުރެއެވެ. އެހެންކަމުން ދަތުރު ޕްލޭންކުރާ ފަރާތްތަކަށް ވެސް ފަސޭހަވެގެންދާނެއެވެ. އަދި ޢީދު ފަދަ ބަންދު ދުވަސްތަކާ ދިމާކޮށް ދަތުރުތައް އިތުރުކުރެއެވެ. 

ކޮންމެއަކަސް ބީޗް ކްރޫޒަރގެ ދަތުރަކީ ހިތްފަސޭހަ އަރާމު ދަތުރެކެވެ. ލޯންޗްގައި ދެ ގަޑިއިރު ހޭދަވާ ދަތުރަކަށް ބީޗް ކްރޫޒަރގައި ތަންކޮޅެއް ވަގުތު ދިގުވި ނަމަވެސް ބޯޓު ހިތްހަމަޖެހުމާ އެކު އެކަން އިހްސާސެއް ނުކުރެވެއެވެ. ހަމަ ހީވަނީ ސަފާރީއެއްގައި ދަތުރުކޮށްލެވޭހެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ޖެނުއަރީ 2018 | ހޮނިހިރު 10:47
އައްޖާޒް
ދިވެހިންގެ އެއްވެސްކަމެއް ތިބުނާހާ ބަރާބަރެއްނުވާނެ އެއީ ހަމަ ޔަގީން ކަމެއް ވަރަށްހީވޭ ކޮންމެވެސް އެއްޗެއްދީގެން ކުރުވައިގެންއުލޭކަމެއްހެން އަހަރެމެންގެ ބަހުން ނަމަ ސައެއްދިނީދޯ....
19 ޖެނުއަރީ 2018 | ހުކުރު 17:44
Ahamaa
Vaafirubeymenge Masaaki kudahuvadhoo ah libey cr