ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 21:02
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން
ޕީޕަލް މެގަޒިން
ސައުދު ހުސައިން
މި ފެންނަނީ މުވައްސަސާތައް ސިޔާސީވެ، ގާނޫނީ ބާރު ކެނޑިފައި އޮތުމުގެ ނަތީޖާ: ސައުދު
މުވައްސަސާތަކުގެ ވެރިން ޒިންމާއަދާ ކުރަންޖެހޭ
ސިޔާސީ ނުފޫޒުން އެއްކިބާވެ ޒިންމާ އަދާނުކުރެވޭ ނަމަ އިސްތިއުފާ ދެއްވާ

މިއަދު ދިވެހި ރާއްޖެ އިން ފެނިގެން މިދަނީ މިނިވަން މުވައްސަސާތައް ސިޔާސީވެ، ގާނޫނުގެ ބާރު ކެނޑިފައި އޮތުމުގެ ނަތީޖާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ސުކޫލް ކުއްޖެއް ގަޔަށް މިއަދު ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދިނުމުން، އެކުއްޖާގެ ފޮޓޯއާ އެކު ބުދަ ދުވަހު ސައުދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މުވައްސަސާތަށް ސިޔާސީވެ ގާނޫނޫގެ ބާރު ކެނޑުމުން ފެންނާނީ އެފަދަ މަންޒަރުތައް ކަމަށެވެ.

އެހެންކަމުން ގައުމީ ވިސްނުމުގައި ގާނޫނުގެ އިމުގެ ތެރެއިން ވެރިން ޒިންމާދާކުރުމަށް ސައުދު ގޮވާލެއްވިއެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެ ވެރިންނަން ކަންކަން ހައްލުކުރުމަށް މަސައްކަތް ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވުމަށް ވެސް މުވައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަން ސައުދު ވަނީ ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް