ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 15:27
ޝެއިޚް ނަސްރުﷲ: އޭނާގެ މައްޗަށް ޖިނާޢީ ގިނަ ދައުވާތަކެއް ދަނީ ކުރެވުމުން
ޝެއިޚް ނަސްރުﷲ: އޭނާގެ މައްޗަށް ޖިނާޢީ ގިނަ ދައުވާތަކެއް ދަނީ ކުރެވުމުން
ޓްވިޓަރ
ނޫސްވެރިންގެ ޝަރީއަތް
ޝެއިޚަކު ނޫސްވެރިންނާއި ދެކޮޅަށް ދަޢުވާކުރާތީ ޢަދާލަތު ޕާޓީއިން ކަންބޮޑުުވުން ފާޅުކޮށްފި
ނަސްރުﷲ ދައުވާކުރަނީ މިހާރު ނޫހުގެ 5 ނޫސްވެރިންގެ މައްޗަށް
ނަސްރުﷲ ނޫސްވެރިންގެ މައްޗަށް އަބުރުގެ ދައުވާކުރާ މައްސަލައާއި ގުޅުން ހުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދަނީ ޖިނާޢި ދައުވާކުރަމުން
ނޫސްވެރިންނަށް އަނިޔާވެރި ހުރަސްތަކަކާއި ކުރިމަތިވެފައިވޭ: ޢަދާލަތު

ޝެއިޚް ނަސްރުﷲ މުސްތަފާ ބައެއް ނޫސްވެރިންގެ މައްޗަށް ދައުވާކުރަން ނިންމުމުން ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޢަދާލަތު ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން އާދިއްތަ ދުވަހު މެންދުރު ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިހާރު ނިއުސްގެ 5 ނޫސްވެރިއެއްގެ މައްޗަށް ދައުވާކުރާ މައްސަލައިގައި އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. 

ނޫސްވެރިންގެ މައްޗަށް ޝެއިޚް ނަސްރުﷲ ދައުވާ ކުރަނީ އޭނާ އޮޅުވާލައިގެން ހައްޖަށް ބަޔަކު ގެންދިޔަކަމަށް ބުނާ މައްސަލައިގައި 'މިހާރު' ނޫހުގައި ލިޔުނު މައްސަލައިގައި، އަބުރަށް އަރައިގަތް ކަމަށް ބުނެއެވެ. މިމައްސަލައިގައި އެނޫހުގެ 5 ނޫސްވެރިޔަކަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާރަ ދުވަހަށް ވަނީ ޗިޓް ފޮނުވާފައެވެ. ހައްޖަށް އޮޅުވާލައިގެން ބަޔަކު ގެންގޮސް، އެމީހުން ހާލުގައި ޖެހުނު ވާހަކަ ލިޔުނު ނޫސްވެރިންނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ޝެއިޚް ނަސްރުﷲ ކޯޓަށް ހުށަހެޅިއިރު، އެމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ.

މީގެ އިތުރުން އަނބިމީހާއަށް އަޅާނުލުމާއި، ދަރިންނަށް އަޅާނުލުމުގެ އިތުރުން އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ދައުވާ ވެސް ނަސްރުﷲގެ މައްޗަށް ދަނީ ކުރެވެމުންނެވެ. މިމައްސަލަތައް ފެންމަތިވެ، ނަސްރުﷲ އޭރު ޕްރިންސިޕަލްކަން އަދާކުރަމުން ގެންދިޔަ ޢަރަބިއްޔާ ސްކޫލުން އޭނާ ވަނީ އިސްތިއުފާ ދީފައެވެ.

އަދި އޭގެ ފަހުން އޭނާ , ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އޮފީސްތެރެއިން ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފައެވެ.

ޢަދާލަތު ޕާޓީއިން ބުނީ ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ނޫސްވެރިންނަށް އަނިޔާވެރި ހުރަސްތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 ޖެނުއަރީ 2018 | އާދީއްތަ 17:20
ތިމަންނަ
ފަހު ޒަމާނުގެ ދަންނަބޭކަލުންގެ މިސާލު ތިޔަ ފެންނަނީ