ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 00:54
ކޮކެލިން ވެލެންސިއާގެ ޖާޒީގައި
ކޮކެލިން ވެލެންސިއާގެ ޖާޒީގައި
ޓްވިޓަރ
އާސެނަލްގެ ޓްރާންސްފާތައް
އާސެނަލް ދޫކޮށް ކޮކެލިން ވެލެންސިއާއަށް
އޭނާ ވަނީ ވެލެންސިއާއާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައި
ެ. އޭނާ ހޯދުމަށް ވެލެންސިއާއިން 12 މިލިއަން ޕައުންޑްގެ ފީއެއް ހުށަހެޅި
އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާވަނީ އެ ޓީމަށް 105 މެޗު ކުޅެދީފައި

އާސެނަލްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ފްރޭންސިސް ކޮކެލިން އެ ޓީމު ދޫކޮށް ސްޕެއިންގެ ވެލެންސިއާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ޑިފެންޑަރު ވަނީ ވެލެންސިއާއާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައެވެ. މިދިޔަ އަހަރު އާސެނަލްއާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކުރި ކޮކެލިން އެ ޓީމާއި އެންމެ ފުރަތަމަ ގުޅުނީ 2008 ވަނަ އަހަރު އެ ޓީމުގެ ޒުވާން ޓީމަށެވެ. އޭނާ ހޯދުމަށް ވެލެންސިއާއިން 12 މިލިއަން ޕައުންޑްގެ ފީއެއް ހުށަހެޅިއެވެ.

އާސެނަލް ދޫކޮށްލުމަށްފަހު ވާހަކަ ދައްކަމުން ކޮކެލިން ބުނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް އޭނާ ހޯދުމަށް އެހެން ކްލަބްތަކުން މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އޭރު އޭނާ ބޭނުންވީ އާސެނަލްގައި މަޑުކުރުމަށްފަހު ފުރަތަމަ އެގާރައިން ޖާގައެއް ކަށަވަރުކުރުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބު ވެފައި ނުވާ ކަމަށާއި އެހެންކަމުން އޭނާ ދެކެނީ މިއީ މުޅިން އައު ތަޖުރިބާއެއްގެ ގޮތުގައި ކަމަށް ކޮކެލިން ބުނެފައިވެއެވެ.

އޭނާ ބުނީ އާސެނަލް ދޫކޮށްލުމަށް މާ ލަސްވެއްޖެ ކަމަށާއި މިއީ އަނެއްކާވެސް ރަނގަޅު ކުޅުމެއް ދެއްކުމަށް ލިބުނު ފުރުސަތެއް ކަމަށް ގަބޫލްކުރާ ކަމަށެވެ. ވެލެންސިއާއަށް ބަދަލުވުން ދެކެނީ ޗެލެންޖެއްގެ ގޮތުގައި ކަމަށާއި އޭނާ އެ ޓީމަށް ކުޅެން ކެތްމަދުވެފައި ހުރި ކަމަށް ވެސް ކޮކެލިން ބުނެފައިވެއެވެ. އޭނާ ބުނީ ވެލެންސީއަށް ބަދަލުވުމަށް އެނާއަށް ހިތްވަރުދިނީ މިވަގުތު އަނިޔާގައި ހުރި މިޑްފީލްޑަރު ސެންޓި ކަޒޯލާ ކަމަށާއި އޭނާގެ ބަހަށް ވަރަށް އިތުބާރު ކުރާ ކަމަށެވެ.

މި ޓްރާންސްފާއާ ގުޅިގެން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާ އެ ޓީމު ދޫކޮށްލީ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީ ކަމަށާއި އަދި އޭނާގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ.

ޒުވާން އުމުރުގައި އާސެނަލްއާ ގުޅުމަށްފަހު އޭނާ ވަނީ ލޯނު އެއްބަސްވުންތަކުގެ ދަށުން ފްރާންސްގެ ލޮރިއެންޓްއާއި ޖަރުމަނުގެ ފްރެއިބާގްގެ އިތުރުން އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗާލްޓަން އެތްލެޓިކްއަށް ވެސް ކުޅެފައެވެ. އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާވަނީ އެ ޓީމަށް 105 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް