ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 18:59
އީޔޫގެ ވަފުދާ އެކު ބަންޑާރަނައިބާއި ހޯމް މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އީޔޫގެ ވަފުދާ އެކު ބަންޑާރަނައިބާއި ހޯމް މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އީޔޫ - ދިވެހިރާއްޖެ
ބަންޑާރ ނައިބާއި، ހޯމް މިނިސްޓަރު އީޔޫގެ ވަފުދާ ބައްދަލުކުރައްވައިފި
މަޝްވަރާ ކުރެވުނު ކަންތައްތަކެއް ހާމަކޮށްފައެއް ނުވެ

އަހުމަދު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިހާދުގެ ވަފުދާއި ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލްގެ އިތުރުން ހޯމް މިނިސްޓަރ އަޒްލީން ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރު ބަންޑާރަނައިބުގެ އޮފީހުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ރާއްޖެ އަށް ޒިޔާތްކޮށްގެން އުޅޭ އީޔޫގެ ވަފުދަކީ، 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، ހުށަހެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށް އައި ވަފުދެކެވެ. އެހެންކަމުން އެކަންތައްތައް ތަންފީޒްކުރުމުގައި މިހާތަނަށް ސަރުކަރުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމަތު އެ ވަފުދުން ހޯދަވާނެ ކަމަށް ބެލެވެއެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ރާއްޖެއަށް އީޔޫ އިން ކަނޑައަޅާފައިވާ "އިލެކްޝަން އޮބްޒަވޭޝަން މިޝަން"ގެ ކުރީގެ އިސް އޮބްޒާވަރު، މެމްބަރ އޮފް ޔޫރަޕިއަން ޕާލަމަންޓް (އެމްއީޕީ) އެޑުއާޑް ކުކަން އެވެ.

މީގެ ކުރިން 2014 ގައި ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ ޔޫރަޕިއަން ޕާލިމަންޓްގެ ސޮލޮވާކިއާގެ މެމްބަރު އަދި އެގައުމުގެ ކުރީގެ ފޮރިން މިނިސްޓަރެވެ. އެ ވަފްދުން ވަނީ އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހު އިންތިޚާބު އޮބްޒާވްކޮށްފައެވެ. އަދި އެ ދަތުރަށް ފަހު އެ ވަފްދުން ވަނީ ހާއްސަ ރިޕޯޓެއް އެކުލަވާލައި ކުރިއަށް ހުރި އިންތިޚާބުތަކަށް ހާއްސަ ރިކޮމެންޑޭޝަންތަކެއް ދީފައެވެ.

ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުން ގެންދާ އީޔޫގެ ވަފްދު ހުކުރު ދުވަހާ ހަމައަށް ރާއްޖޭގައި ތިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް