ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 15:19
ތޮއްޔިބު: ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ވަނީ ވަޒީފާ އަދާ ކުރާ ރިސޯޓަށް ގޮސްފައި
ތޮއްޔިބު: ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ވަނީ ވަޒީފާ އަދާ ކުރާ ރިސޯޓަށް ގޮސްފައި
މުރުޝިދް އަބްދުލް ހަކީީމް
މީހަކު ގެއްލިގެން ހޯދުން
ތިން ދުވަސް ކުރިން ގެއްލުނު މީހާ، ވަޒީފާއަށް ނުކުމެއްޖެ!؟
އޭނާ ވަޒީފާ އަދާކުރަނީ ރިސޯޓެއްގައި
އޭނާ އެނބުރި ރިސޯޓަށް ދިޔައީ މިއަދު
އޭނާ އުޅުނު ތަނެއް ފުލުހުން އަދި ނުބުނޭ

ކްލަބް މެޑް ކަނި ރިސޯޓުގައި މަސައްކަތް ކުރާ މީހަކު، އެ ރިސޯޓުން ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، އޭނާ އެނބުރި ވަޒީފާއަށް ނުކުމެއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ކްލަބް މެޑް ކަނި ރިސޯޓުގައި މަސައްކަތް ކުރާ ސ. ހިތަދޫ، ފެލީނާ، އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ގެއްލުނު މީހާ ފެނުނީ އޭނާ މަސައްކަތް ކުރާ ރިސޯޓަށް އެނބުރި ދިއުމުން ކަމަށެވެ. 

ތޮއްޔިބުގެ އާއިލާއިން ބުނެފައި ވަނީ އޭނާ މީގެ ތިން ދުވަސްކުރިން ރިސޯޓުގެ ފެރީން މާލެ އައި ކަމަށާއި އޭނާގެ ހަބަރެއް ނުވެގެން ރިސޯޓުންވެސް އާއިލާއަށް އެންގި ކަމަށެވެ. ނަމަވެސް އޭނާ މާލޭގައި ހުންނަ ގެއަށް ގޮސްފައި ނުވާތީ ގެއްލުނު ކަމަށް ބަލައި އޭނާގެ އާއިލާއިން ވަނީ ފުލުހުންނަށް އެކަން އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް