ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 14:42
މެޑިކަލް އިންޓާންޝިޕް ފެއްޓެވުމަށް ހެލްތު މިނިސްޓަރ ބައިވެރިއަކަށް ސެޓްފިކެތް ހަވާލުކޮށްދެއްވަނީ
މެޑިކަލް އިންޓާންޝިޕް ފެއްޓެވުމަށް ހެލްތު މިނިސްޓަރ ބައިވެރިއަކަށް ސެޓްފިކެތް ހަވާލުކޮށްދެއްވަނީ
ހެލްތު މިނިސްޓްރީ
މެޑިކަލް އިންޓާންޝިޕް
އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށީ ހަ މީހުންނާއިއެކު
މެޑިކަލް އިންޓާންޝިޕް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
މި އިންޓާންޝިޕް ކުރިއަށް ގެންދާނީ އަހަރަކު އެއްފަހަރު

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އިންޓާންޝިޕް މިއަދު ފަށާފައިވަނީ ހަ އެމްބީބީއެސް މީހުންނާއިއެކު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މެޑިކަލް އިންޓާންޝިޕް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.  

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެޑިކަލް އިންޓާންޝިޕަށް މިދިޔަ އަހަރު އެ ހޮސްޕިޓަލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ފަރާތަކުން މިއަދު އިންޓާންޝިޕް ފަށާފައިވާ ކަމަށެވެ.

ޑޮކްޓަރުކަން ކިޔަވާ ފަރާތްތަކުން ޑޮކްޓަރަކަށް ވުމަށްޓަކައި އެމްބީބީއެސް ކިޔެވުމަށް ފަހު އެއް އަހަރުގެ ޓްރެއިނިންއެއް ހަދަންޖެހެއެވެ. މިއީ ރާއްޖޭގައި މިކަހަލަ ޓްރެއިނިންއެއް ހަދަންފެށި ފުރަތަމަ ފަހަރެވެ.

އޮފިޝަލް ވިދާޅުވީ މިއަދު އިންޓާންޝިޕް ހަދަންފެށި ހަ ފަރާތުގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ރާއްޖެއިން ބޭރުގެ އެއް ފަރާތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ތިން ފިރިހެނުންނެވެ. އައިޖީއެމްއެޗުން މި އިންޓާންޝިޕް ކުރިއަށް ގެންދާނީ އަހަރަކު އެއްފަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް