ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 23:05
ޣައްސާން މައުމޫން - އޭނާ ވަނީ ސިޔާސީ ގޮތުން އެއްވެސް މަޖުބޫރީ ހާލަތެއް ނެތްކަމަށް ވިދާޅުވެފަ
ޣައްސާން މައުމޫން - އޭނާ ވަނީ ސިޔާސީ ގޮތުން އެއްވެސް މަޖުބޫރީ ހާލަތެއް ނެތްކަމަށް ވިދާޅުވެފަ
ވީނިއުސް
ޣައްސާން މައުމޫން
މަޖުބޫރީ ހާލަތެއް ނެތް، އާއިލީ ގުޅުމަށް ބަދަލެއް ނާދޭ: ޣައްސާން މައުމޫން
އަބަދުވެސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީނާއެކުގައި
ރައީސް ޔާމީނާއެކުގައި ހުންނެވީ އެމަނިކުފާނު ކުރައްވާކަންކަން ގަބޫލު ކުރައްވާތީ
ސިޔާސީ ވިސްނުމުގެ ސަބަބުން އާއިލީ ގުޅުމަށް އެއްވެސް ބަދަލެއް ނާދޭ

ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށާއި، ހުންނެވި މަޤާމުގެ ސަބަބުން އާއިލީ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

 

ދައުލަތުގެ މީޑިއާގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޣައްސާން މައުމޫން ވިދާޅުވީ ސަރުކާރުގައި ހުންނެވީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި، އަބަދުވެސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީނާއެކުގައި ހުންނެވި ކަމަށް ޣައްސާން ވިދާޅުވި އެވެ.

 

ޣައްސާން ވިދާޅުވި، ބައްޕާފުޅު ސަރުކާރަށް ކުރައްވަމުންގެންދެވި ތާއީދު އަނބުރާ ގެންދެވި ނަމަވެސް އަދި ފާރިސް ހައްޔަރުކުރެވިފައިވީ ނަމަވެސް އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތްކަމަށާއި، ރައީސް ޔާމީނާއެކުގައި ހުންނެވީ މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ. އަދި ރައީސް ޔާމީނާއެކުގައި ހުންނެވީ އެމަނިކުފާނު ކުރައްވާކަންކަން ގަބޫލުކުރައްވާތީ ކަމަށް ޣައްސާން ވިދާޅުވި އެވެ.

 

"އަޅުގަނޑަކީ 2012 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ދެންނެވުމަށް ރައީސް ޔާމީންގެ އަރިހަށް ވަޑައިގެންނެވި އެކަކު. އެ ދުވަހުން ފެށިގެން އަޅުގަނޑު އެކަން ބަދަލެއް ނުކުރަން" ޣައްސާން ވިދާޅުވި އެވެ.

 

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޣައްސާން މައުމޫން، އެ މަޤާމުގައި ހުންނެވުމުގެ ސަބަބުން އަދި އޭނާގެ ސިޔާސީ ވިސްނުމުގެ ސަބަބުން އާއިލީ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް ޣައްސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޔާސީ ވިސްނުމާއި ގުޅޭގޮތުންނާއި އެކިއެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް މީޑިއާގައި ރައްދު ނުދެއްވަނީ ބަޔަކު ދައްކާ ވާހަކައަށް ރައްދު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

 

"މަންމަ، ބައްޕަ، ދައްތަމެން އަދި ބޭބެ އާ މެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާދޭ" ޣައްސާން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ޖެނުއަރީ 2018 | ބުރާސްފަތި 01:17
ތިހުންނަނީ
ޖާސޫސް ކުރަން ތިހުންނަނީ!