ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 12:48
ގުންޑޮޅި ކަނޑައިގެން ގޮސް ނަޖިސް ބޭރުވެފައި
ގުންޑޮޅި ކަނޑައިގެން ގޮސް ނަޖިސް ބޭރުވެފައި
މުހައްމަދު ޝަރުހާން
ނަޖިސް ބޭރުވުން
އިމާރާތެއް އެޅުމަށް ކޮނުނު ތަނެއްގެ ކުންޑޮޅި ކަނޑައިގެންގޮސް ނަޖިސް ބޭރުވެއްޖެ
ނަޖިސް ބޭރުވެފައި ވަނީ 6،000 އަކަފޫޓުގެ ހާމަކަންބޮޑު ވަޅުގަނޑަކަށް

މާލޭގައި އިމާރާތެއް ކުރުމަށް ކޮނެފައިވާ ތަނެއްގެ ގުންޑޮޅިން ބޮޑު ބައެއް ވެއްޓި، ނަޖިސް ހޮޅި ގުޅާފައި ހުރި ޖަންގުޝަންއަކުން ގިނަ އަދަދަކަށް ނަޖިސް ބޭރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ޗާންދަނީ މަގާއި ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމާ ގުޅޭ އަޝްރަފީ ބުކްޝޮޕާ ހިންގާ ފިހާރަ ހުންނަ ސަރަހައްދުގަ އެވެ. ގުންޑޮޅި ކަނޑައިގެން ގޮސްފައި ވަނީ އެ ސަރަހައްދުގައި ހުންނަ މއ. އެލިދޫގޭގެ ބިމުގައި އިމާރާތެއް އެޅުމަށް ކޮނެފައިވާ ބިމުގެ ދެކުނު ފަރާތުންނެވެ.

ހަހާސް އަކަފޫޓުގެ އެ ބިމުގައި އިމާރާތެއް އެޅުމަށް ކޮނެފައިވާ ތަނުގެ ގުންޑޮޅި ކަނޑައިގެން ދިއުމުން، އެ މަގު ވަނީ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުން ވަނީ ބަންދުކޮށްފައެވެ. ގުންޑޮޅި ކަނޑައިގެން ދިއުމުން ނަޖިސް ހޮޅި ގުޅާފައިވާ އެމްޑަބްލިއުއެސްސީގެ ޖަންގުޝަނެއް ފަޅައިގެން ގޮސް، ގިނަ އަދަދަކަށް ވަނީ ނަޖިސް ބޭރުވެފައެވެ. ނަޖިސް ބޭރުވެފައި ވަނީ އިމާރާތް ކުރުމަށް ކޮނެފައިވާ ވަޅުގަނޑުގެ ތެރެއަށެވެ.

 

މއ. އެލިދޫގައި އިމާރާތް އެޅުމުގެ މަސައްކަތް ކުރާ ބެޗު ކޮންސްޓްރަކްޝަން ކުންފުނިން ބުނީ ގުންޑޮޅި ކަނޑައިގެން ގޮސްފައި ވަނީ ރޭ ފަތިހު މާލެއަށް ކުރި ވިއްސާރައިގައި އިމާރާތް އެޅުމަށް ކޮނެފައިވާ ވަޅުގަނޑުގައި ފެންބޮޑުވުމުން ކަމަށެވެ. އެލިދޫ ގެއަކީ ރައީސް މައުމޫންގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރު އިލްޔާސް އިބްރާހިމްގެ ބިމެކެވެ.

އެ ހާދިސާ ހިނގުމާ ގުޅިގެން ބެޗު ކޮންސްޓްރަކްޝަނުންނާއި އެމްޑަބްލިއުއެސްސީން ދަނީ މައްސަލަ ހައްލު ކުރުމަށްޓަކައި ހަރަކާތްތެރިވަމުންނެވެ. ހާމަކަން ބޮޑު 6،000 އަކަފޫޓުގެ ބޮޑު ވަޅުގަނޑަކަށް ގިނަ އަދަދަކަށް ނަޖިސް ބޭރުވުމުން، އެތަން ސާފު ނުކުރެވި ދިގުލައިގެން ގޮސްފިނަމަ، ބަލިމަނޑުކަމެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކުން އަދި ރަސްމީ ފިޔަވަޅުތައް އަޅަން ފަށާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް